ލޯކަލް ގަވަރމެންޓް މިނިސްޓްރީގައި ހައްތާ ތިއްބެވީ ދަންޑެހެލުން ކަމަށް މިނިސްޓަރ އާދަމް ޝަރީފު ޢުމަރު ވިދާޅުވެއްޖެއެވެ.
އެ މަނިކުފާނު މިފަދައިން ވިދާޅުވީ އެމިނިސްޓްރީގެ ރެކްރިއޭޝަން ކުލަބުން އިންތިޒާމުކޮަށްގެން ބޭއްވި މާހެފުން ފައްޓަވައިދެއްވުމުގެ ގޮތުން ވާހަކަ ދައްކަވަމުންނެވެ. މިއީ ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން ބޭއްވި ހަރަކާތެކެވެ.
މިނިސްޓަރު ވިދާޅުވީ އެ މިނިސްޓްރީގެ މުވައްޒަފުން ވަނީ ފެބްރުއަރީ 22 ވަނަ ދުވަހު ހެނދުނު ވިލިމާލެ ސާފުކުރުމުގެ ހަރަކާތުގައި ބައިވެރިވެ، އަދި އެރޭ ރޯދަ ހަދިޔާ ބެހުމަށް ތައްޔާރުވަމުންދާ ދަނޑިވަޅުގައި މާހެފުމުގެ ހަރަކާތައް ވެސް ވަގުތު ހުސްފައި ކަަމަށެވެ.
"މި ހަރަކާތް ކުލަގަދަ ގޮތެއްގައި ކުރިއަށް ގެންދާކަމީ، މި ވުޒާރާގައި ބޭރުންނާއި އަދި އެތެރޭން ވެސް، ހުސް ދަންޑެހެލުން ތިއްބެވިކަން ހާމަކޮށްދޭ ކަމެއް"
މާލޭ ޕަބްލިކް ވާރކްސް ޔުނިޓުގައި ބޭއްވި މާހެފުމުގައި ވަރަށް ގިނަ އަދަދެއްގެ ދިވެހިންނާއި ބިދޭސީ މުވައްޒަފުން ވަނީ ބައިވެރިވެފައެވެ.