ރާއްޖެ

ރޯދަ ހަދިޔާ މަސްދަޅު ދޫކުރާނީ ރޭގަނޑު އެކަނި، އޮންލައިންކޮށް ނަމްބަރު ނެގޭނެ

ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ރޯދަ ހަދިޔާ މަސްދަޅު ކޭސް ދޫކުރުމުގެ އިންތިޒާމު ފަސޭހަކޮށްދިނުމުގެ ގޮތުން ނަމްބަރު ނެގުމަށް އޮންލައިން ޕޯޓަލެއް ތައާރަފްކޮށްފިއެވެ.

 

މީގެއިތުރުން މަސްދަޅު ކޭސް ދޫކުރާނީ ހަމައެކަނި ރޭގަނޑު ކަމަށް ވެސް ވަނީ ނިންމާފައެވެ. އެގޮތުން މިރެއިން ފެށިގެން މާލޭ ސަރަހައްދުގައި މަސްދަޅު ކޭސް ބެހުމުގެ ކަންކަން ކުރިއަށްދާނީ ރޭގަނޑު 8 ން މެންދަު 12 ޖަހަންދެން ކަމަށް ލޯކަލް ގަވަރމެންޓް މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.

 

އެ މިނިސްޓްރީން ވިދާޅުވީ އޮންލައިންކޮށް ނަމްބަރު ނެގޭނެ މަންސަ (ޕްލެޓްފޯމް) އެއް ގާއިމު ކުރެއްވީ ވެސް ގިނަ ވަގުތު ކިޔޫ ގައި މީހުން ބޭތިއްބުން މަދުކުުރުމުގެ ގޮތުން ކަމަށެވެ. އަދި މި ނިޒާމުގެ ތެރެއިން ވަކި ރެޔަކަށް ވަކި މަރުކަޒަކުން ޓޯކަން ނެގުމުން، އެ ރެޔެއްގައި އެ މަރުކަޒަކުން އެ ބޭފުޅަކަށް މަސްދަޅު ކޭސް ލިބޭނެ ކަމަށް ވިދާޅުވެއެވެ.

 

އެގޮތުން މާފަންނު މިފްކޯ ކޮމްޕްލެކްސް އިން 200 ނަމްބަރު، އެމް.ޓީ.ސީ.ސީ ސޯމިލުން 200 ނަމްބަރު، ހެންވޭރު ދަނޑުން 100 ނަމްބަރު ދޫކުރުމަށް ވަނީ ނިންމާފައެވެ. އަދި ގަލޮޅު ދަނޑުގެ ސެޓަޕް 1، 2، 3 އަދި 4 ން ކޮންމެ ސެޓަޕަަކަށް 50 ނަމްބަރު ދޫކުރުމަށް ނިންމާފައި ވެއެވެ.

 

މީގެއިތުރުން ސޯޝަލް ސެންޓަރާއި ވިލިމާލެ ވެމްކޯ ސައިޓާއި އުމަރު ޒާހިރު ބިލްޑިންގ އާއި ހުޅުމާލެ – ޕޮލްކޯ ޓަވަރުގެ ސީ ބްލޮކުން ކޮންމެތަނަކުން 100 ނަމްބަރާއި ހުޅުމާލެ ހިޔާ ޓަވަރު 10 އިން އަދި ހުޅުމާލެ ކާމިލްދީދި ޕްރީސްކޫލުން ވެސް 100 ނަމްބަރު ދޫކުރުމަށް ވަނީ ނިންމާފައެވެ.

 

މަސްދަޅު ކޭސް ބަލައި އަންނައިރު އެ ފަރާތެއްގެ އައި.ޑީ.ކާޑާއި އެއްމަހުގެ ކަރަންޓު ބިލް ގެންނަންޖެހޭނެއެވެ. އަދި އެއް ފަރާތަށް އެންމެ ގިނަވެގެން ދޫކުރާނީ 3 މަސްދަޅު ކޭހެވެ.

 

އޮންލައިން ނަމްބަރު ނެގުމަށް: 

https://roadhahadhiya.mv

 

 

ކޮމެންޓް