ރާއްޖެ

ކޮންމެ ކަމެއްވެސް ފަރުޟު ކުރައްވާފައިވަނީ ތަގުވާގެ ސިފަ އަށަގެންނެވުމަށް: ޑރ. އިލްޔާސް

ކޮންމެ ކަމެއް ފަރުޟު ކުރައްވާފައިވަނީ އަޅުގަނޑުމެންގެ ކިބައިގައި ތަގުވާގެ ސިފަ އަށަގެންނެވުމަށް ކަމުގައި ޑރ. އިލްޔާސް ހުސައިން ވިދާޅުވެއްޖެއެވެ.

 

އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުން އިންތިޒާމްކޮށްގެން "ތިބާގެ ރައްބާ ތިބާ ދުރުކޮށްލީ ކޮން ކަމެއް ހެއްޔެވެ؟" މި މައުޟޫއަށް ބޭއްވި ދަރުހުގައި ޑރ. އިލްޔާސް ވިދާޅުވީ ކޮންމެ ފަރުދަކުވެސް މާޒީއާ މެދު ވިސްނާ ފިކުރުކޮށްލުމަށްފަހު، ކުރަންޖެހޭ އެންމެ މުހިންމުކަމަކީ ﷲ ގެ ހަޟުރަތަށް ތަޢުބާވެ ރުޖޫއަވުން ކަމަށެވެ.

 

"އަޅުގަނޑުމެންގެ މައްޗަށް ވާޖިބުވެގެންވަނީ ފުރުސަތުގެ ބޭނުން ހިފުމަށްޓަކައި ފާފަތަކުން ދުރުވުމަށް އަވަސްވެގަތުން ކަމަށާއި ސަބަބަކީ އިންސާނާ ހެޔޮކަންތަކުން މަހުރޫމްވުމަށްވުރެ ބޮޑު މުސީބާތެއް އިންސާނާއަށް ދުނިޔެމަތީގައި ކުރިމަތިނުވާނެކަން."

 

އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި ބޭއްވި މި ދަރުހުގައި އެމަނިކުފާނު ވަނީ އެންމެންވެސް ރަނުގެ މިފުރުސަތު ގެއްލުވާނުލާ ﷲސުބުހާނަހޫ ވަޠަޢާލާގެ ހަޟްރަތަށް ތައުބާވެ، ރުޖޫއަވެ، މިމައްސަރުދެއްވާނެހެން އަދި ދެއްވުމަށްފަހު ލައްވާފައިވާ ރަހުމަތާއި ފާފަފުއްސެވުން އެދި ނަރަކައިން ދިންނެވުން މިންވަރުކޮށްދެއްވައި ބާކީ އޮތް 11 މަސް ހެޔޮގޮތުގައި ހޭދަވެގެންދާނެހެން މަސައްކަތް ކުރުމަށް އަވަސްވެގަތުމަށް ގޮވާލައްވާފައެވެ.

 

މީގެއިތުރުން ކުރިއަށް އޮތް ބަރަކާތްތެރި ރަމަޟާންމަހަކީ ﷲ ސުބުހާނަހޫ ވަތައާލާ އެތައްގޮތަކުން މާތްކުރައްވާފައިވާ މައްސަރެއްކަމަށް ވިދާޅުވިއެވެ. ރަމަޟާންމަހު އަޛާބުގެ ގޯތީގެ ހުރިހާ ދޮރެއް ބަންދުކުރައްވާ ސަވާބުގެ ހުރިހާ ދޮރެއް ހުޅުއްވާދެއްވާ ކަމަށާއި އެމަހުގެ ކޮންމެ ރެއެއްގައި ﷲ ސުބުހާނަހޫ ވަތައާލާ އެއިލާހުގެ އަޅުން ނަރަކައިން މިންޖުކޮށްދެއްވާ ކަމަށް ވެސް ވިދާޅުވިއެވެ.

 

މިއީ އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުން އަލަށް ފަށާ "އައްތަޛްކީރް" މިސިލްސިލާގެ ދަށުން ކުރިއަށް ގެންދާ ދަރުހެކެވެ. 

 

 

ކޮމެންޓް