ހުޅުމާލޭ ގުދަނެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.
އެމްއެންޑީއެފް އިން ވިދާޅުވީ މިއީ ހުޅުމާލެ، ފޭސް 1ގައި ހުންނަ "ފްރިޒް" ގުދަނުގެ 4 ވަނަ ފަންގިފިލާގައި ހިނގި އަލިފާމުގެ ހާދިސާއެއް ކަމަށެވެ. އަދި މި ހާދިސާގެ މައުލޫމާތު ލިބުނީ ރޭ ދަންވަރު 12:30 ގައި ކަމަށެވެ.
އެ މައުލޫމާތު ލިބުމާއެކު ފަޔަރފައިޓަރުން އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ކޮށްފައިވާއިރު، އަލިފާން އެއްކޮށް ނިއްވާލެވިފައިވަނީ ދަންވަރު 1:30 ގައި ކަމަށް ވަނީ ވިދާޅުވެފައެވެ.
އެމްއެންޑީއެފް އިން ވިދާޅުވީ މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވާކަމަށެވެ.