ސެއިންޓް ލޫސިއާގެ މިނިވަން ދުވަހުގެ ތަހުނިޔާ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ފޮނުއްވައިފިއެވެ.
އެގައުމުގެ ގަވަރނަރ ޖެނެރަލް ހިޒް އެކްސެލެންސީ ސައިރިލް އީ.އެމް. ޗާލްސް، ބޮޑުވަޒީރު ހިޒް އެކްސެލެންސީ ފިލިޕް ޖޯސެފް ޕިއޭރ، އާއި އެގައުމުގެ ސަރުކާރަށާއި ރައްޔިތުންނަށް، އެމަނިކުފާނުގެ އަމިއްލަ ނަންފުޅުގައާއި، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ވަނީ ތަހުނިޔާއާއި ހެޔޮއެދުންތައް ފޮނުއްވާފައެވެ.
ގަވަރނަރ ޖެނެރަލް ހިޒް އެކްސެލެންސީ ސައިރިލް އީ.އެމް. ޗާލްސްއާއި ބޮޑުވަޒީރު ހިޒް އެކްސެލެންސީ ފިލިޕް ޖޯސެފް ޕިއޭރ އަށް ވަކިވަކިން ފޮނުއްވެވި މެސެޖުގައި، ރައީސް ވަނީ އެ ބޭފުޅުންނަށް ދުޅަހެޔޮ ސިއްހަތަކާއި އުފާފާގަތިކަމާއި، ސެއިންޓް ލޫސިއާގެ ރައްޔިތުންނަށް ކުރިއެރުމާއި ފާގަތިކަމަށް އެދިވަޑައިގެންފައެވެ.
ސެއިންޓް ލޫސިއާ، މިނިވަންކަން އިއުލާންކޮށްފައިވަނީ 1979 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 22 ވަނަ ދުވަހުގައެވެ.