ރާއްޖެ

މަސްދަޅު ކޭސް ދޫކުރަން ފަސޭހަ އިންތިޒާމެއް

ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ރޯދަ ހަދިޔާ މަސްދަޅު ކޭސް ބަލާ ދާ ފަރާތްތަކަށް ފަސޭހަ އިންތިޒާމެއް ހަމަަޖައްސައިފިއެވެ.

 

އެކަން ހާމަކުރައްވާ ލޯކަލް ގަވަރމެންޓް މިނިސްޓަރ އާދަމް ޝަރީފް ޢުމަރު ވިދާޅުވީ މިރެއިން ފެށިގެން 13 ސަރަހައްދެއްގައި މަސްދަޅު ބެހުމަށް ކޮންމެ ތަނެއްގައި 5 މޭޒު ބޭނުން ކުރާނެކަމަށެވެ. އަދި ދުވާލު ގަޑީގައި ހޫނުގަދަވާނެކަމަށް ފެންނާތީ، އެ ގަޑީގައި ރޯދަ ހަދިޔާ ދޫނުކުރާނެ ކަމަށެވެ.

 

މިނިސްޓަރު ވިދާޅުވީ މަސްދަޅު ކޭސް ދޫކުރުން ހަމައެކަނި ރޭގަނޑު ބޭއްވުމަށް ނިންމާފައިވާތީ، ކިއުގައި ހޭދަކުރަންޖެހޭ ވަގުތު މަދުކުރުމަށް، މި މަސައްކަތް ކުރުމަށް އިތުރު މީހުން ހޯދުމާއެކު އިންތިޒާމުތައް ރަނގަޅުކުރުމަށް މަސައްކަތް ކުރަމުން އަންނަކަމަށެވެ. އަދި ދިގު ކިއުއަށް ނޭރިއަސް ކުރިއަށް އޮތް ދުވަސްތަކުގައި ރޯދަ ހަދިޔާ ދޫކުރުމަށް ހަމަޖެހިފައިވާކަމަށް ވެސް ވަނީ ވިދާޅުވެފައެވެ.

 

އެސްޓީއޯ މެދުވެރިކޮށް، ކޮންމެ ގޭބީސީއަކަށް ދޫކުރަނީ 180 ގްރާމްގެ 48 ދަޅުގެ މަސްކޭހެވެ. ކަރަންޓު މީޓަރު ނަންބަރަށް މަސްދަޅު ބަހާއިރު، މަސްދަޅު ކޭސް ބަލާ ދާ މީހާ އައިޑީ ކާޑާއި ކަރަންޓު މީޓަރު ނަންބަރު ގެންދަންޖެހެއެވެ.

 

 

ކޮމެންޓް