ވޭތުވެދިޔަ އެއް އަހަރުތެރޭ ނަފްސާނީ ސިއްހަތުގެ ގައުމީ ހެލްޕްލައިން 1677 އަށް ތިން ހާހަށްވުރެ ގިނަ ކޯލަށް ޖަވާބުދެވި ބައެއް ފަރާތްތަކަށް ރިފަރަލް ހަދައިފިއެވެ.
މި ވޭތުވެދިޔަ އެއް އަހަރުތެރޭ 3,651 ފޯނު ކޯލަށް ޖަވާބުދީ، 53 މީހަކު ހާއްސަ ފަރުވާއަށް ރިފަރ ކޮށް، ނަފްސާނީ އެކިއެކި އުނދަގޫތައް ހުންނަ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދީފައެވެ.
ހެލްޕްލައިންގެ މައިގަނޑު އެއް މަގްސަދަކީ ނަފްސާނީ ގޮތުން އުނދަގޫވާ އެކިއެކި ހާލަތްތަކުގައި އާއި ނަފްސާނީ ބަލި ހުންނަ އެކި އުމުރު ފުރައިގެ މީހުންނަށް، ނަފްސާނީ ފުރަތަމަ އެހީތެރިކަން، 24 ގަޑިއިރު ލިބިގެން ދިއުމެވެ.
ނަފްސާނީ އެކިއެކި ކަންކަން ކުރިމަތިލަމުންދާ ފަރާތްތަކަށް ފޯރުކޮށްދޭ ޚިދުމަތްތަކަށް ޚާއްޞަ ހެލްޕްލައިން 1677 އިފްތިތާހްކޮށް، ހިދުމަތް ފެށިފައިވަނީ 21 ފެބްރުއަރީ 2024 ގައެވެ.