އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުން އިންތިޒާމްކޮށްގެން ބާއްވާ ޙާއްސަ ދަރުހެއް މިރޭ އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި އޮންނާނެއެވެ.
މި ދަރުސް ދެއްވާނީ އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުގެ މެމްބަރު ޑރ. އިލްޔާސް ޙުސައިންއެވެ. މި ދަރުސްގެ މަޢުޟޫއަކީ "ތިބާގެ ރައްބާ ތިބާ ދުރުކޮށްލީ ކޮން ކަމެއް ހެއްޔެވެ؟" މިއެވެ.
މިއީ ތިބާގެ ރައްބާ ތިބާ ދުރުހެލިކޮށްލީ ކޮން ކަމެއް ހެއްޔެވެ؟" މި މައުޟޫއަށް ބާއްވާ މި ދަރުހަކީ އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުން އަލަށް ފަށާ "އައްތަޛްކީރް" މިސިލްސިލާގެ ދަށުން ކުރިއަށް ގެންދާ ދަރުހެކެވެ. ދަރުސް ދެއްވުމަށް ހަމަޖެހިފައިވަނީ އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުގެ މެންބަރު ޑރ. އިލްޔާސް ޙުސައިނެވެ.
މި ދަރުސްއަށް ވަޑައިގަންނަވާ ފަރާތްތަކުގެ ތެރެއިން ގުރުއަތުން ހޮވޭ ފަރާތަކަށް ޢުމްރާ ދަތުރެއް ދޭ ގޮތަށް ވަނީ ހަމަޖެހިފައެވެ.