ރާއްޖޭގެ ފޮރިން މިނިސްޓަރ ޑރ. ޢަބްދުﷲ ޚަލީލަށް، އަވަށްޓެރި ސްރީލަންކާ މީހަކު އިންޒާރުދޭ މައްސަލައެއް ފެންމަތިވެއްޖެއެވެ.
ދިވެހި ފުލުހުންގެ ހިދުމަތުން ވިދާޅުވީ އެކަން އެ އިދާރާގެ ސަމާލުކަމަށް އައިސްފައިވާ ކަމަށާއި އެކަމާ ގުޅުންހުރި އިދާރާތަކާއެކު ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެ.
މި މައްސަލަ ފެންމަތުވެފައިވާއިރު، މިނިސްޓަރު ޚަލީލު މިވަގުތު ހުންނެވީ ވެސް ރަސްމީ ދަތުރުފުޅެއްގައި ލަންކާގައެވެ.
ބައެއް މަސްދަރުތަކުން ބުނާ ގޮތުގައި މި އިންޒާރު ދެމުންދާ ނަދީޝް ޕެރެރާ ނަމަކަށް ކިޔާ މީހާއަކީ ރާއްޖެ ނާދެވޭ ގޮތަށް ޑީޕޯޓް ކޮށްފައިވާ ލަންކާ މީހެކެވެ. އެއީ ދިވެއްސަކާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅުނު މީހެކެވެ.
@abkhaleelin Sri Lanka death can come in the form as a disguised lawyer in the court house!
— Nadeesh Perera (@NadeeshSL)February 19, 2025
So be careful when you are at the hotel room death can come to you in a form of a room boy or waiter.
Concern citizen of the foreign minister of Maldiveshttps://t.co/by64xLNN4qpic.twitter.com/Kdv90nkQ13