އައްޑޫ ސިޓީ ހިތަދޫގެ ގެއެއްގައި ރޯވި އަލިފާން ނިއްވާލައިފިއެވެ.
އެމްއެބންޑީއެފް އިން ވިދާޅުވީ މި ހާދިސާ ހިނގާފައިވަނީ "ގާލެންޑް" ނަމަކަށް ކިޔާ ގޭގައި ކަމަށެވެ. އަދި އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ހިތަދޫ ފަޔަރ ސްޓޭޝަންގެ ފަޔަރ ފައިޓަރުން ހަރަކާތްތެރިވެ އެ އަލިފާން މިހާރު ނިއްވާލާފައިވާ ކަމަށެވެ.
މި ހާދިސާގެ މަޢުލޫމާތު ރޭ ފަތިހު 5:11 ހާއިރު ލިބުމާއެކު، އެ ސްޓޭޝަނުގެ ފަޔަރފައިޓަރުން ވަނީ އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ކޮށްފައި ކަަމަށް ވެސް އެމްއެންޑީއެފް އިން ވިދާޅުވެއެވެ. މިގޮތުން ފަޔަރފައިޓަރުން ކުރި މަސައްކަތުން، އެ ގޭގައި ރޯވެފައި ހުރި އަލިފާން އެއްކޮށް ނިއްވާލެވިފައިވަނީ ހެނދުނު 8:05 ގައި ކަމަށް ވިދާޅުވެއެވެ.
އެ އިދާރާ އިން ވިދާޅުވީ އެއީ މީހުން ދިރިއުޅެމުން އައި ގެއެއް ނަމަވެސް، މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއްވިކަމުގެ މައުލޫމާތު ލިބިފައި ނުވާ ކަމަށެވެ.