ރާއްޖެ

ގަވާއިދާ ހިލާފަށް އުޅުނު ދެ ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް

ގަވާއިދާ ހިލާފަށް އުޅުނު ދެ ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

 

މޯލްޑިވްސް އިމިގްރޭޝަނުން ވިދާޅުވީ މިއީ ގަވާއިދާ ހިލާފަށް ވިޔަފާރިކުރަމުންދާ ބިދޭސީން ހޯދުމަށް ހުއްޓުމެއްނެތި ކުރިއަށްގެންދާ ރެއިޑު އޮޕަރޭޝަންތަކުގެ ތެރެއިން ފެނުނު މީހުން ކަމަށެވެ.

 

މި އޮޕަރޭޝަންގައި މާލޭގައި ހިންގަމުންދާ ކުދި 5 މާރުކޭޓެއް ބަލައި ފާސްކޮށްފައިވާ ކަމަށާއި މި ދެ މީހުން ފާހަގަވީ މި އޮޕަރޭޝަންގެ ތެރެއިން ކަމަށް ވެސް ވިދާޅުވިއެވެ.

 

ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅެމުންދާ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް އިމިގްރޭޝަނާއި ދިވެހި ފުލުހުންގެ ހިދުމަތާއި ހޯމް މިނިސްޓްރީ ގުޅިގެން ގެންދަނީ ހާއްސަ އޮޕަރޭޝަންތައް ހިންގަމުންނެވެ. އަދި "އިމިގްރޭޝަން ވޮޗް" ގެ ނަމުގައި ވަނީ އޮންލައިން ޕްލެޓް ފޯމެއްވެސް ގާއިމްކޮށްފައެވެ. 

 

 

ކޮމެންޓް