މިފަހަކަށް އައިސް މާލޭގެ ބައެއް ސަރަހައްދުތަކުން ބަލިވެފައިވާ ކޮތަރާއި މަރުވެފައިވާ ކޮތަރު ފެންނަމުންދާކަމަށް ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާއިން ހާމަކުރައްވައިފިއެވެ.
މީސްމީޑިއާގެ 'އެކްސް' ކުރައްވާފައިވާ ޕޯސްޓެއްގައި އެ ވުޒާރާ އިން ވިދާޅުވީ މާލޭގެ އެކި ހިސާބުތަކުން ބަލިވެފައިވާ ކޮތަރާއި މަރުވެފައިވާ ކޮތަރުތައް ފެންނަމުންދާކަން އެ ވުޒާރާގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ.
އެހެންވެ، އެކަން ދިމާވާ ސަބަބު ދެނެގަތުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ވަނީ ވިދާޅުވެފައެވެ. އަދި އެސަބަބު ދެނެގަނެވޭހާ އަވަހަކަށް، އެކަމުގެ ތަފްސީލް އާންމު ކުރާނެކަމަށް ވެސް ވިދާޅުވެފައި ވެއެވެ.
މާލޭގެ ޖުމްހޫރީ މައިދާން ސަރަހައްދާއި ހެދިގޮނޑުދޮށް އަދި ބައެއް އެހެން ހިސާބުތަކުގައި ވެސް ގިނައަދަދަކަށް ކޮތަރު އުޅޭއިރު، ޖުމްހޫރީ މައިދާން ސަރަހައްދުން މީގެކުރީން ވެސް ވަނީ ކޮތަރު މަރުވާ މައްސަލައެއް ފެންމަތިވެފައެވެ.