ޚަބަރު ރާއްޖެ

ނަރުދޫ ގްރީން ހައުސް ޓެކްނިކަލް ތަމްރީނު ކުރިއަށް ގެންގޮސްފި

ށ. ނަރުދޫގެ ގްރީން ހައުސް ޓެކްނިކަލް ތަމްރީނު ކުރިއަށް ގެންގޮސްފިއެވެ.

 

މިއީ މޯލްޑިވްސް އެގްރިބިޒްނެސް ޕްރޮގްރާމް(މެޕް) އިން ދަނޑުވެރިކަމުގެ ދާއިރާއިން މީހުން ބިނާކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ފަށައިގެން ގެންދާ ސިލްސިލާ ތަމްރީންތަކެކެވެ.

 

ނަރުދޫގައި ކުރިޔަށްގެންދިޔަ ތަމްރީންތަކުގައި މިރުސް އިންދުމުގެ ޢަމަލީ މަސައްކަތާއެކު، ތިއޮރީ (ނަޒަރިއްޔާތު) ކްލާސްތައްވެސް ކުރިއަށް ގެންދެވުނެވެ.

 

މެޕުން އަންނަނީ ދަނޑުވެރިކަމުގެ ސިނާއަތަށް އައު އީޖާދުތައް ރާއްޖެއަށް ތައާރަފްކޮށް ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން ދަނޑުވެރިކަން ކުރާނެގޮތްތައް ދިވެހި ދަނޑުވެރިންނަށް ދަސްކޮށްދީ، ދަނދުވެރިކަމުން ނަފާ ހޯދާނެ ގޮތްތަކުގެ ތަމްރީން ޕްރޮގްރާމްތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިޔަށް ގެންދަމުންނެވެ.

 

މީގެއިތުރުން ދަނޑުވެރިކަމުގެ ސިނާއަތަށް އައު އީޖާދުތައް ރާއްޖެއަށް ތައާރަފްކޮށް ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން ދަނޑުވެރިކަން ކުރާނެގޮތްތައް ދިވެހި ދަނޑުވެރިންނަށް ދަސްކޮށްދީ، ދަނދުވެރިކަމުން ނަފާ ހޯދާނެ ގޮތްތަކުގެ ތަމްރީން ޕްރޮގްރާމްތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިޔަށް ގެންދަމުންނެވެ.

 

 


  • ށ. އަތޮޅު
  • ޑރ. މަރްޔަމް މާރިޔާ
  • އެގްރިކަލްޗަރ މިނިސްޓްރީ
  • ކޮމެންޓް