ހުޅުމާލޭ ގުދަނެއްގައި އަލިފާން ރޯވެއްޖެއެވެ.
އެމްއެންޑީއެފް އިން ވިދާޅުވީ ހުޅުމާލޭ ފޭސް 1 ގައި ހުންނަ އެންސިސްގެ ގުދަނުގައި އަލިފާން ރޯވެގެން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ހަރަކާތްތެރިވަމުން އަންނަކަމަށެވެ. އަދި މި ހާދިސާގެ މައުލޫމާތު ލިބިފައިވަނީ މިރޭ 6:48 ހާއިރު ކަމަށެވެ.
ނަމަވެސް މި ހާދިސާގައި މީހަކަށް އަނިޔާއެއްވިކަމެއް ނުވަތަ އަލިފާން ރޯވެފައިވަނީ ކިހާވަރަކަށްކަމެއް އަދިހާމައެއް ނުކުރައްވައެވެ.