ޚަބަރު ރާއްޖެ

ބޮޑެތި އާލިމުންގެ އަރިހުން ދަރިވަރުވުމަށް ހުތުބާގައި ގޮވާލައިފި

އިންޓަރނެޓުން ދަސްވެނިވުމުގެ ބަދަލުގައި ބޮޑެތި އާލިމުންގެ އަރިހުން ދަރިވަރުވުމަށް ހުކުރު ހުތުބާގައި ގޮވާލައިފިއެވެ.

 

'މުސްލިމަކު ކާފިރު ކުރުމުގެ ނުބައިކަން' މި މައުޟޫއަށް ލިޔެފައިވާ ހުތުބާގައި ބުނީ ދީނުގެ ކަންކަން ރަނގަޅަށް ނޭނގޭ މީހުންގެ ގާތުން އިލްމު ހޯދާންފެށުމަކީ ގިޔާމަތުގެ އަލާމާތެއް ކަމަށް ކީރިތި ރަސޫލާ ހަދީސް ކުރައްވާފައިވާކަމަށެވެ.

 

މީގެއިތުރުން ޝަރުއީ ނައްޞުތަކުން ސާފުކޮށް އެނގޭ ގޮތުގައި މުސްލިމަކާ ދިމާލަށް ބަދު ބަސް ބުނުމާއި ޤަޛްފުކުރުމަކީ ހަރާމްކަންތައްކަމުގައި ވަނީ ހަނދާންކޮށްދީފައެވެ. އަދި ހީއެއް ނުވަތަ އަމިއްލަ ވިސްނުމުގެ މައްޗަށް ބިނާކޮށް މުސްލިމަކު ކާފިރުކުރުން ހުއްދައެއް ނުވާނެ ކަމަށާއި މުސްލިމަކާ ދިމާއަށް ކާފިރެކޭ ބުނުމަކީ ނުރައްކާތެރި ކަމެއް ކަމުގައި ވަނީ ބުނެފައެވެ.

 

ކާފިރުކުރުމަކީ މުސްލިމަކު ނުވަތަ މުސްލިމް ޖަމާއަތެއް ކުފުރަށް ނިސްބަތްކުރުން ކަމަށާއި އެމީހުންގެ ފުރާނައާއި މުދާ ހިފުން ހުއްދަކުރުން ކަމުގައި ވަނީ ބުނެފައެވެ. މިއީ އެހައި ފަސޭހައިން ކުރެވިގެން ވާނޭ ކަމެއް ނޫން ކަމަށާއި އެއްވެސް މީހަކަށް އިސްލާމްކަމުގެ މަތިވެރި ޝަރަފު ލިބުމަށް ފަހު، އޭނާ އެދާއިރާއިން ބޭރުކުރުމަކީ ވަރުގަދަ ހުއްޖަތާއި، ސާބިތު ހެތްކާއި، ރޯމާދުވާލު ފަދަ އަލިގަދަ ދަލީލުތަކެއް ނެތި ކުރުން ހަރާމް ކަމެއްކަމުގައި ބުނެފައި ވެއެވެ.

 

މުސްލިމުން ކާފިރުކުރުމަކީ ޖާހިލުކަމާއި، ޝަރުއީ ހުކުމްތައް ދޭހަނުވުމާއި، ޝުބުހަތަކަށް ހެއްލުމުގެ ނަތީޖާ ކަމަށާއި ޚަވާރިޖުން، ޞިއްފީނު ހަނގުރާމައިގައި އަސްހާބުބޭކަލުން ކާފިރުކޮށް، ޝަރީއަތުގެ މަގުސަދުތައް އޮޅުވައިލައި، ޝުބުހަތަކަކަށް ހެއްލުނުކަން ހުތުބާގައި ފާހަގަކޮށްފައި ވެއެވެ.

 


  • ހުކުރު ދުވަސް
  • ހުކުރު ޚުތުބާ
  • ކޮމެންޓް