ޚަބަރު ރާއްޖެ

ކީރިތި ގުރްއާން ހިތުދަސްކުރުމުން މަރުވުމަށްފަހު، ދަރަޖަ މަތިވެރިވާނެ: ހުތުބާ

ކީރިތި ޤުރުއާން ހިތުދަސްކުރުމަކީ ދުނިޔަވީ ގޮތުންނާއި އުޚުރަވީ ގޮތުން ވެސް އޭގެ ފައިދާ އޭނާއަށް ލިބޭނެ ކަމެއް ކަމުގައި ހުކުރު ހުތުބާގައި ހަނދާންކޮށްދީފިއެވެ.

 

ހުތުބާގައި ބުނީ އޭނާ މަރުވުމަށްފަހު އޭނާގެ ދަރަޖަ މަތިވެރިވުމުގެ ސަބަބެއް ކަމުގައި ވެސް ކީރިތި ޤުރުއާން ހިތުދަސްކުރުން ހިމެނޭ ކަމަށެވެ. އަދި ޤުރުއާން ހިތުދަސްކުރުމުގައި ތިމާގެ ހިތުގެ އިހުލާސްތެރިކަމާއި އުޚުރަވީ ހަޔާތުގައި ﷲގެ ހަޟުރަތުން ލިބޭން ހުރި ނިއުމަތްތަކުގެ މަތިން ހަނދާން ކުރަންޖެހޭ ކަމަށް ވެސް ވިދާޅުވިއެވެ.

 

މީގެއިތުރުން ޤުރުއާން ދަސްކުރުމަށްފަހު ނުވަތަ ޤުރުއާނުން މިންވަރެއް ދަސްކުރުމަށްފަހު، ގަވާއިދުން މުރާޖައާކޮށް ހަނދާނުގައި ބެހެއްޓުމަކީ ކޮންމެހެން ކުރާންޖެހޭނެ ކަމެއްކަމުގައި ހަނދާންކޮށްދެއްވައި، ކީރިތި ޤުރުއާން ހިތުދަސްކުރުމަކީ އެހެނިހެން އިލްމުތައް ހާސިލުކުރަން ވެސް ފަސޭހަވާނެ ކަމެއް ކަމުގައި ވަނީ ބުނެފައެވެ.

 

" އުންމަތުގެ ސަލަފުން އެ ބޭކަލުންގެ ދުވަސްވަރުގައި ހަދީޘް ޢިލްމު އުނގަންނަވައިދެއްވުމުގައި އެ ބޭކަލުންގެ ދަރިވަރުން ކީރިތި ޤުރުއާން ހިތުދަސްކުރުން ލާޒިމުކުރޭ."

 

ކީރިތި ޤުރުއާނަކީ އޭގެ އަކުރަކަށް ފިއްޔަކަށް ބަދަލުއައުމެއް ނެތި ޤިޔާމަތާ ހަމައަށް ދެމިގެންދާ މުޢުޖިޒާތެއްކަން ހަނދުމަކޮށްދެއްވާ، ހުތުބާގައި އިތުރަށް ބުނީ ޤުރުއާން ރައްކާތެރިކުރައްވާނެ ގޮތް މާތްﷲ މެދުވެރިކުރައްވާފައިވާ ކަމަށެވެ. އޭގެތެރެއިން އެއްގޮތަކީ ޤުރުއާން ހިތުދަސްކުރުން ކަމުގައި ބުނެފައި ވެއެވެ.

 

ހުރުބާގައި އިތުރަށް ބުނީ ކީރިތި ޤުރުއާން ހިތުދަސްކުރެވޭނީ ތަކުރާރުކޮށް އެފޮތް ކިޔަވައި، ގިނަގިނައިން އަޑު އަހައިގެން ކަމަށެވެ.

 


  • ހުކުރު ދުވަސް
  • ހުކުރު ޚުތުބާ
  • ކޮމެންޓް