ޚަބަރު ރާއްޖެ

ތޮއްޑޫ ހޯޕް ޖަމްއިއްޔާ އިން ތެލަސީމިއާ އަށް ސްކްރީންކޮށް ލޭ ހަދިޔާ ކުރުމުގެ ހަރަކާތެއް

އަރިއަތޮޅު އުތުރުބުރި ތޮއްޑޫ ހޯޕް ޖަމްއިއްޔާ އިން ތެލަސީމިއާ އަށް ސްކްރީންކޮށް ލޭ ހަދިޔާ ކުރުމުގެ ހަރަކާތެއް ކުރިއަށް ގެންދިއުމަށް ނިންމައިފިއެވެ.

 

އެ ޖަމްއިއްޔާ އިން މީސްމީޑިއާގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ މި ހަރަކާތް އޮންނާނީ މި އޮގަސްޓް މަހުގެ 4 އަދި 5 ގައި ކަމަށެވެ. އެގޮތުން އޮގަސްޓް 4 ވަނަ ދުވަހު ސްކްރީނިންގ ޕްރޮގްރާމް އޮންނާނީ ތެލަސީމިއާ ސެންޓަރުގައި ކަމަށް ވަނީ ބުނެފައެވެ.

 

މީގެއިތުރުން ހޭ ހަދިޔާ ކުރުމުގެ ހަރަކާތް އޮންނާނީ އޮގަސްޓް 5 ވަނަ ދުވަހު ތޮއްޑޫ ސިއްހީ މަރުކަޒުގައި ކަމުގައި ވެސް އެ ޕޯސްޓުގައި ވެއެވެ. މި ހަރަކާތާއި ގުޅޭ އިތުރު މައުލޫމާތު ހޯދުމަށާއި ލޭ ހަދިޔާކުރުމަށް ބޭނުން ފަރާތްތަކުން 9417658 އަދި 7531319 އަށް ގުޅުމަށް އެ ޖަމްއިއްޔާ އިން އެދެއެވެ.

 

ލޭ ހަދިޔާ ކުރުމަށް އަތޮޅުތެރޭގެ ރައްޔިތުންގެ މެދުގައި ލޯބި އުފެއްދުމަށާއި އިޖުތިމާއީ އެއްބައިވަންތަކަން އާލާކުރުމުގެ ގޮތުން އެ ޖަމްއިއްޔާ އިން މީގެކުރީން ވެސް ވަނީ މިފަދަ ކޭމްޕުތައް ބާއްވާފައެވެ. އެހެންކަމުން މިފަހަރުގެ ހަރަކާތަށް ވެސް އާންމުންގެ ފަރާތުން ބޮޑު ތަރުހީބެއް ދިނުމަށް ތޮއްޑޫ ހޯމް ޖަމްއިއްޔާ އިން އެދެއެވެ.

 


  • ތޮއްޑޫ ހޯޕް ޖަމްއިއްޔާ
  • ތެލަސީމިއާ
  • ކޮމެންޓް