އަރިއަތޮޅު އުތުރުބުރި ތޮއްޑޫ ހޯޕް ޖަމްއިއްޔާ މިއަދާއި މާދަމާ ބާއްވަން ތާވަލުކުރި ތެލަސީމިއާ އަށް ސްކްރީންކޮށް ލޭ ހަދިޔާ ކުރުމުގެ ހަރަކާތް މިއަދިު ކެންސަލްކޮށްފިއެވެ.
އެޖަމްއިއްޔާގެ ފޭސްބުކްގައި ކޮށްފައިވާ ޕޯސްޓެއްގައި ވަނީ ކަނޑުގަދަވުމުގެ ސަބަބުން މާލެއިން އަންނަން އޮތް ޓީމަށް އާދެވޭގޮތް ނުވި ކަމަށެވެ. އަދި އެހެންެވެ، މިއަދާއި މާދަމާ ބޭއްވުމަށް ނިންމާފައިވާ ތެލަސީމިއާ އަށް ސްކްރީން ކުރުމާއި ލޭ ހަދިޔާ ކުރުމުގެ ހަރަކާތް ފަހުގެ ތާރީހަކަށް ކެންސަލްކޮށްފައިވާ ކަމަށެވެ.
މި ހަރަކާތް ބާއްވާނެ ތާރީހެއް މޫސުން ރަނގަޅުވިހާ އަވަހަކަށް އަންގާނެކަމަށް ވެސް އެ ޖަމްއިއްޔާ އިން ހާމަކުރެއެވެ.
ލޭ ހަދިޔާ ކުރުމަށް އަތޮޅުތެރޭގެ ރައްޔިތުންގެ މެދުގައި ލޯބި އުފެއްދުމަށާއި އިޖުތިމާއީ އެއްބައިވަންތަކަން އާލާކުރުމުގެ ގޮތުން އެ ޖަމްއިއްޔާ އިން މީގެކުރީން ވެސް ވަނީ މިފަދަ ކޭމްޕުތައް ބާއްވާފައެވެ.
ތޮއްޑޫ ހޯޕް ޖަމްއިއްޔާ އިން އަންނަނީ ރަށު ފެންވަރުގައި މިފަދަ ގިނަ ހަރަކާތްތަކެއް ހިންގަމުންނެވެ. އެގޮތުން ރަށުގައި މަދިރިއުފެދޭގޮތަށް ހުންނަ ތަންތަން ނައްތައިިލާ، މަދިރީގެ ޒަރީއާ އިން އުފެދޭ ބަލިތަކުގެ މައުލޫމާތު ރައްޔިތުންނަށް ފޯރުކޮށްދިނުން ހިމެނެއެވެ. އަދި އެފަދަ ތަންތަނުގައި ހުންނަ ކުނި އުކާލުމުގެ ކަންކަން ވެސް ކުރިއަަށް ގެންދެއެވެ.