ޓެކްސް އެޕީލް ޓްރައިބިއުނަލް މެމްބަރުކަމަށް އެދުމުގެ ފުރުސަތު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އަލުން ހުޅުވާލައިފިއެވެ.
މި މަގާމަށް ކުރިމަތިލުމަށް އެންމެފުރަތަމަ ހުޅުވާލީ ޖުލައި 15 އިން ފެށިގެން އެމަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށެވެ. ނަމަވެސް އެ މުއްދަތު އިތުރުކޮށް މިހާރުވަނީ މި ހިނގާ އޮގަސްޓް މަހުގެ 19 ވާ އަންގާރަ ދުވަހުގެ މެންދުރު 12 ޖެހުމާއި ހަމައަށް ފުރުސަތުދީފައެވެ.
މި މަގާމަށް އެދި ހުށަހަޅާ ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ މިކަމަށް ކުރިމަތިލުމަށް ދެއްވާފައިވާ މުއްދަތުގައި ރަސްމީ ބަންދު ދުވަސްތައް ފިޔަވައި އެހެން ދުވަސްދުވަހުގެ ހެނދުނު 8:30 ން މެންދުރު 12 ޖަހަންދެން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުންނެވެ.
ޓްރައިބިއުނަލްގެ މެންބަރުކަމަށް ކުރިމަތިލުމަށް އެދޭ ފޯމު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ.