ޚަބަރު ރާއްޖެ

ސުންނަތް އަގީދާ އިން ފައި ކައްސާލައިފިނަމަ ބައިބައިވުމާއި ތަޅައިފޮޅުން އުފެދޭނެ

ސުންނަތް އަގީދާ އިން ފައި ކައްސާލައިފިނަމަ ބައިބައިވުމާއި ތަޅައިފޮޅުމާއި ފިތުނަތައް އުފެދޭނެކަން ހުކުރު ހުތުބާގައި ހަނދާންކޮށްދީފިއެވެ.

 

"ޞަޙާބީންނާއި އަހުލުބައިތުންނަށް ލޯބިކުރުމާއި އެ ބޭކަލުންގެ މަޤާމު" މި މައުޟޫއަށް ތައްޔާރުކޮށްފައިވާ ހުތުބާގައި ދިވެހި އިސްލާމީ ކިއްލާއަށް އެއް ހާސް އަހަރު ފުރޭން ކައިރިވަނީ ކަމަށާއި މި ލޮބުވެތި ވަޠަން އިސްލާމްވުމަށް ފަހު މިހައި ހިސާބަށް އައިސްފައި މި އޮތީ ސުންނީ މުސްލިމު ޤައުމެއްގެ ގޮތުގައިކަން ފާހަގަކުރިއެވެ. އަދި އަހަރެމެން ނަބިއްޔާ އަށްފަހު އެންމެ މަތިވެރިކުރާ ބަޔަކީ އެކަލޭގެފާނުގެ ލޮބުވެތި އާލުބައިތުންނާއި ޞަޙާބީން ކަމުގައި ވެސް ބުނެފައި ވެއެވެ.

 

މީގެއިތުރުން އަހަރެމެން އެންމެ ލޯބިކުރަނީ ނަބިއްޔާއަށް ފަހު، އެ ބޭކަލުންނަށް ކަމަށާއި މި ވޭތުވެ ދިޔަ ޒަމާންތަކުގައި އަހަރެމެންގެ ޢިލްމުވެރީން، މަތިވެރިވެގެންވާ އާލުބައިތުންނާއި، މާތް ޞަޙާބީންނާއި ތާބިޢީންނަށް ބަދުބަސްބުނެ، އިސްލާމީ ތާރީޚުގައި ހިނގައިފައި ހުރި ފިތުނަތަކުގެ ވާހަކަތައް ދައްކައި ފަތުރައި، އެބޭކަލުންނަށް ކުޑައިމީސްކޮށް ހަދައިފައެއްނުވާކަން ވެސް ވަނީ ހަނދާންކޮށްދީފައެވެ.

 

"އަހަރެމެން ވާންޖެހޭނީ އެ ބޭކަލުން މާތްކޮށް، އެ ބޭކަލުން ދެކެ ލޯބިވާ، އެ ބޭކަލުން ދެއްކެވި ރިވެތި ނަމޫނާގައި ހިފައި، އެ ބޭކަލުންނަށް ފުރައްސާރަ ކުރާ މީހުންގެ ކިބައިން ބަރީއަވެގެންވާ ބަޔަކުކަމުގައެވެ."

 

ހުތުބާގައި އިތުރަށް ބުނީ އަޞްޙާބުބޭކަލުންނަކީ އެންމެ މާތް، އަދި އެންމެ ރަނގަޅަށް ދީން ފަހުމުވެވަޑައިގަތް ބޭކަލުން ކަމަށާއި އިސްލާމް ދީން އަހަރެމެންނާ ހިސާބަށް ފޯރުކޮށްދެއްވި ބޭކަލުން ކަމަށެވެ. އަދި އެ ބޭކަލުންނަށް ބަދުބަސް ބުނުން، އެ މީހެއްގެ ޢަޤީދާ ފާސިދުކަމުގެ ދަލީލަކަށް ފުދޭ ކަމަށް ވެސް ވަނީ ބުނެފައެވެ.

 

 

 


  • ހުކުރު ދުވަސް
  • ހުކުރު ޚުތުބާ
  • ކޮމެންޓް