ޚަބަރު ރާއްޖެ

ކުއްލި ޚަބަރު: ކުޑަރަށް ރިސޯޓުގެ ވޯޓަރ ވިލާއެއްގައި އަލިފާނުގެ ހާދިސާއެއް

ފޮޓޯ: އެމްއެންޑީއެފް

ކުޑަރަށް ރިސޯޓުގެ ވޯޓަރ ވިލާއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އެމްއެންޑީއެފް އިން ހަރަކާތްތެެރިވާން ފަށައިފިއެވެ.

 

އެމްއެންޑީއެފް އިން ވިދާޅުވީ މި ހާދިސާ ހިނގައިގެން އުޅޭކަމުގެ މައުލޫމާތު ލިބިގެން، އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ފަޔަރމަނުން އެ ރިސޯޓަށް ދިޔުމަށް ދަތުރުކުރަމުން އަންނަކަމަށެވެ. އަދި މިވަގުތު ކުޑަރަށް ރިސޯޓުގެ ފަޔަރ ޓީމެއް އެ ރިސޯޓުގައި ހަރަކާތްތެރިވަމުން އަންނަކަަމަށެވެ.

 

މި ހާދިސާގެ މައުލޫމާތު ލިބުނީ ހެނދުނު 10:52 ހާއިރު، ކަމަށާއި ފަޔަރމަނުން އެ ރިސޯޓަށް ދިޔުމަށް މާލެއިން ފުރާފައިވަނީ 11:05 ހާއިރު ކަމަށް ވެސް ވަނީ ވިދާޅުވެފައެވެ.

 


  • އަލިފާން
  • އަލިފާނުގެ ހާދިސާ
  • އެމްއެންޑީއެފް
  • ކޮމެންޓް