ޚަބަރު ރާއްޖެ

ދަނޑުވެރިކަމާބެހޭ މިނިސްޓްރީން ހުޅުމާލޭ ފޭސް 2 ގައި 60 ރުއް އިންދައިފި

ދަނޑުވެރިކަމާއި ދިރޭތަކެއްޗާއި ބެހޭ ވުޒާރާ އިން ހުޅުމާލެ ފޭސް 2 ގައި 60 ރުއް އިންދައިފިއެވެ.

 

އެޗްޑީސީ އާ ގުޅިގެން މިއަދު ހަވީރު ކުރިޔަށް ދިޔަ ހަރަކާތަކީ ރާއްޖޭގެ 60 ވަނަ މިނިވަން ދުވަހުގެ މުނާސަބަތާއި ގުޅުވައިގެން ދިވެހިރުއް ދިރުވާ އާލާކޮށް އިތުރުކުރުމުގެ މަގުސަދުގައި ކުރިޔަށް ގެންދިޔަ ހަރަކާތެކެވެ.

 

މި ރަސްމިއްޔާތުގައި ފަތުރުވެރިކަމާ ތިމާވެއްޓާ ބެހޭ ވުޒާރާގެ އިސްވެރިން، ދިވެހިބަހާއި ސަގާފަތާއި ތަރިކައާއި ބެހޭ ވުޒާރާގެ އިސްވެރިން، ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާގެ އިސްވެރިނާއި މުވައްޒަފުން، އަދި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ އިސްވެރިނާއި، މުވައްޒަފުން، ސްކޫލްތަކުގެ ދަރިވަރުނާއި މުދައްރިސުން ބައިވެރިވިއެވެ.

 

ރުއް އިންދުން ފައްޓަވައިދެއްވުމުގެ ގޮތުން ވަޒީރު ޑރ. މަރްޔަމް މާރިޔާ ވަނީ ރުކެއް އިންދަވާފައެވެ. އަދި ރަސްމިއްޔާރުގައި ބައިވެރިވި، ވުޒާރާތަކުގެ ވެރިންނާއި، ސްކޫލް ދަރިވަރުންގެ އިތުރުން ރަސްމިއްޔާތުގައި ބައިވެރިވިން ވެސް ވަނީ ރުއް އިންދުމުގައި ބައިވެރިވެފައެވެ.

 

ރާއްޖޭގައި ދިވެހި ރުއް މަދުވެ، އޭގެއިން ލިބިދޭ ކާނާ ލިބުންވަނީ ދަތިވެފައެވެ. ހާއްސަކޮށް ދިވެހިންގެ ކެއިން ބުއިމުގައި މައިގަނޑު އެއް ބާވަތްކަމަށްވާ ކާށި، ލިބުންވަނީ އިންތިހާއަށް ދަތިވެފައެވެ. އެހެންކަމުން ރާއްޖޭގައި ރުއް އާލާކުރުމުގެ ގައުމީ ހަރަކާތެއް ފެށުމަށް އެވުޒާރާއިން އަންނަނީ ތައްޔާރުވަމުންނެވެ. އެގޮތުން އދ. އަރިޔަދޫގައި ރުއް އާލާކުރުމުގެ ޤައުމީ މަރުކަޒު ގާއިމު ކުރުން ހިމެނެއެވެ.

 

 


  • ޑރ. މަރްޔަމް މާރިޔާ
  • އެގްރިކަލްޗަރ މިނިސްޓްރީ
  • ކޮމެންޓް