ދަނގަޑު ބޯޓެއްގެ ވީލްހައުސްގައި ރޯވި އަލިފާން އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑުން ނިއްވާލައިފިއެވެ.
އެ އިދާރާ އިން ވިދާޅުވީ މިއީ އދ. މާމިގިލީ ބޯޓުޔާޑްގައި އޮތް ބޯޓެއް ކަމަށާއި އަލިފާން ނިއްވާލީ މާމިގިލި ފަޔަރ ސްޓޭޝަންގެ ފަޔަރ ފައިޓަރުން ހަރަކާތްތެރިވެ ކަމަށެވެ.
މާމިގިލި ފަޔަރ ސްޓޭޝަނަށް މި ހާދިސާގެ މައުލޫމާތު ލިބުނީ މިއަދު ހަވީރު 3:28 ހާއިރު ލިބުމާއެކު، އެ ސްޓޭޝަނުގެ ފަޔަރފައިޓަރުން ވަނީ އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ކޮށްފައި ކަަމަށް ވަީ ހާމަކުރައްވާފައެވެ. އަދި އަލިފާން އެއްކޮށް ނިއްވާލެވިފައިވަނީ 3:30 ހާއިރު ކަަމަށް އެ އިދާރާ އިން ވަނީ ވިދާޅުވެފައެވެ.
މި ހާދިސާގައި ރޯވި އަލިފާން އެއްކޮށް ނިއްވާލާފައި ވަނީ މާމިގިލީ އެއަރޕޯޓުގެ ފަޔަރ ފައިޓަރުންގެ އެހީތެރިކަމާ އެކުގައި ކަމަށް ވެސް ވިދާޅުވިއެވެ.
އެމްއެންޑީއެފް އިން ވިދާޅުވީ މި ހާދިސާ ހިނގަން މެދުވެރިވީ އެ ބޯޓުގެ ވީލްހައުސް މަތީގައި އިން އެންޓަނާއެއް ގޭސް ކަޓަރަކުން ކަނޑަން އުޅުމުގެތެރޭގައި ކަމަށެވެ.
މި ހާދިސާގެ ސަބަބުން އެއްވެސް މީހަކަށް އަނިޔާވެފައި ނުވާކަމަށް އެމްއެންޑީއެފް އިން ވިދާޅުވެއެވެ.