ޚަބަރު ރާއްޖެ

ތެލެސީމިއާ ޕޭޝަންޓް ކެއަރ ސެންޓަރ ހުޅުވައިފި

ފޮޓޯ: ޕީއެސްއެމް

ތެލެސީމިއާ ޕޭޝަންޓް ކެއަރ ސެންޓަރގެ ނަމުގައި ސެންޓަރެއް ހުޅުވައިފިއެވެ.

 

މޯލްޑިވިއަން ބްލަޑް ސަރވިސަސް ހިންގަމުންދާ އޮރެންޖު ހިޔާ ބިލްޑިންގ ގައި މި ސެންޓަރު ހުޅުވީ ތެލެސީމިއާ ބަލި ތަހައްމަލުކުރާ ފަރާތްތަކުގެ ހާލު ބަލައި، އެހީ ފޯރުކޮށްދިނުމަށް ހާއްސަކޮށްގެންނެވެ.

 

މިކަމާއިގުޅިގެން މާލެ ސިޓީ ގުރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް ޢަބްދުއްރައްޒާޤު ޙަލީމް ވަނީ އަތޮޅުތަކުގައި ދިރިއުޅޭ ތެލެސީމިއާ ތަހައްމަލުކުރަމުންދާ ފަރާތްތަކަށް ހާއްސަ ފަރުވާ ދިނުމުގައި ވަރަށް ބައިވަރު ދަތިތައް ހުންނަކަން ފާހަގަކުރައްވާފައެވެ. އެހެންނަމަވެސް މި ސެންޓަރުގެ ސަބަބުން އެކަމަށް ހައްްލު ލިބޭނެ ކަމަށް ވިދާޅުވިއެވެ.

 

ރައްޒާޤު ވިދާޅުވީ ޑޮކްޓަރަށް ދެއްކުމުގައި ނުވަތަ ސްޕެޝަލިސްޓުންގެ ލަފާ ބޭނުންވާނަމަ، އެ ސަރަހައްދެއްގެ އަތޮޅު ހޮސްޕިޓަލާ ގުޅިގެން މި ސެންޓަރުން ހިދުމަތްތައް ފޯރުކޮށްދޭނެ ކަމަށެވެ.

 


  • މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސް
  • ތެލަސީމިއާ
  • ކޮމެންޓް