ޚަބަރު ރާއްޖެ

އަތޮޅުތެރޭގައި ދިރިއުޅޭ ބަލި މީހުންގެ ހާލަތު ދެނެގަތުމަށް ސެންޓަރުން އިސްނަގައިގެން ގުޅާނެ

ތެލަސީމިއާ އަށް ލޭ ހަދިޔާކުރުމުގެ ޕްރޮގްރާމެއްގެ ތެރެއިން - ފައިލް ފޮޓޯ

އަތޮޅުތެރޭގައި ދިރިއުޅޭ ބަލި މީހުންގެ ހާލަތު ދެނެގަތުމަށް ސެންޓަރުން އިސްނަގައިގެން ގުޅާނެ ކަމުގައި މޯލްޑިވިއަން ބްލަޑް ސަރވިސަސްގެ ސީނިއަރ ސްޕެޝަލިސްޓް ރެޖިސްޓްރަރ ޑރ. އަޙްމަދު ޢުމަރު ވިދާޅުވެއްޖެއެވެ.

 

ޢުމަރު މިފަދައިން ވިދާޅުވީ ތެލެސީމިއާ ޕޭޝަންޓް ކެއަރ ސެންޓަރ ހުޅުވުމަށް ސެޕްޓެމްބަރ 3 ވަނަ ދުވަހު ބޭއްވި ރަސްމިއްޔާތުގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުންނެވެ.

 

އޭނާ ވިދާޅުވީ ހާއްސަ އެހީތެރިކަމެއް ބޭނުންވާ ފަރާތްތައް ދެނެގަނެ، އެ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަގު ވެސް ސެންޓަރުން ފަހިކުރާނެކަމަށެވެ. އަދި މިފަދަ ސެންޓަރެއް ގާއިމުކުރުމުގެ ބޭނުމަކީ ތެލެސީމިއާ ތަހައްމަލުކުރަމުންދާ ފަރާތްތައް ވީހާވެސް ގާތުން މޮނިޓަރކޮށް، އަވަހަށް ހިދުމަތް ފޯރުކޮށްދިނުން ކަމަށް ވެސް ވަނީ ވިދާޅުވެފައެވެ.

 

ތެލެސީމިއާ ޕޭޝަންޓް ކެއަރ ސެންޓަރު ގާއިމުކޮށްފައިވަނީ ބެލަރުސް މޯލްޑިވްސް ކަލްޗަރަލް ސެންޓަރުގެ އެހީތެރިކަމާ އެކުގައެވެ. މި ސެންޓަރުން ކޮންމެ 3 މަހަކުން ތެލެސީމިއާ ތަހައްމަލުކުރާ ކޮންމެ ކުއްޖަކާއި މީހަކަށް ގުޅައި ހާލަތު ބަލާނެއެވެ.

 


  • ތެލަސީމިއާ
  • ކޮމެންޓް