ގެއެއްގެ ޓެރަސްމަތީ ހުރި ކުނިތަކެއްގައި ރޯވި އަލިފާން ނިއްވާލައިފިއެވެ.
އެމްއެންޑީއެފް އިން ވިދާޅުވީ މި ހާދިސާ ހިނގާފައިވަނީ ހ. ފެނިގެއްލިދާގޭގެ ޓެރަސްމަތީ ހުރި ކުނިތަކެއްގައި ކަމަށެވެ. އަދި އެ މައުލޫމާތު ލިބިފައިވަނީ މިއަދު ހެނދުނު 8:19 ގައި ކަމަށެވެ.
އެ ހާދިސާގެ މައުލޫމާތު ލިބުމާއެކު އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސް އިން ހަރަކާތްތެރިވެ، އަލިފާން ނިއްވާލެވިފައިވަނީ 8:36 ގައި ކަމަށް ވެސް ވިދާޅުވެފައި ވެއެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާ ކަމަށް ވެސް އެ އިދާރާ އިން ވިދާޅުވެއެވެ.