މާފަންނު ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު އިން ހަރަކާތްތެރިވެ، ނިއްވާލައިފިއެވެ.
މި ހާދިސާ ހިނގާފައިވަނީ ހ. މެލްބޯން ގޭގެ 2 ވަނަ ފަންގިފިލާގައި ހުރި އެޕާޓްމަންޓެއްގެ ބަދިގޭގެ ހުޑެއްގައި ރޯވެގެންނެވެ.
އެމްއެންޑީއެފް އިން ވިދާޅުވީ މި ހާދިސާގެ މައުލޫމާތު އެ ލިބިފައިވަނީ މިއަދު 11:00 ހާއިރު ކަމަށެވެ. އަދި މައުލޫމާތު ލިބުމާ އެކު، އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ފަޔަރފައިޓަރުން ވަނީ އެ ސަރަހައްދަށް ގޮސް، ރޯވި އަލިފާން ނިއްވާލާފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.
ފަޔަރފައިޓަރުން ކުރި މަސައްކަތުން 11:17 ހާއިރު، އަލިފާން ނިއްވާލާފައިވާ ކަމަށާއި މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވާ ކަމަށް ވެސް އެ އިދާރާ އިން ހާމަކުރައްވައެވެ.