ޚަބަރު ރާއްޖެ

ހޯމްގާރޑެނިންގ އާއި ދަނޑުވެރިކަމުގެ މައުލޫމާތު ދިނުމުގެ ތަމްރީން ޕްރޮގްރާމެއް ބާއްވަނީ

ހޯމްގާރޑެނިންގ އާއި ދަނޑުވެރިކަމުގެ މައުލޫމާތު ދިނުމުގެ ތަމްރީން ޕްރޮގްރާމެއް ބޭއްވުމަށް ނިންމައިފިއެވެ.

 

ހަނިމާދޫ އެގްރިކަލްޗަރަލް ސެންޓަރުން އިންތިޒާމްކުރާ މި ޕްރޮގްރާމް ބޭއްވުމަށް ނިންމާފައިވަނީ ސެޕްޓެމްބަރ 18 ން 21 އަށް ށ. ފޯކައިދޫގައެވެ. މި ޕްރޮގްރާމުގައި ދަނޑުވެރިކަމާއި ގުޅުންހުރި ގިނަ މައުލޫމާތުތަކެއް ދިނުމަށް ވަނީ ނިންމާފައެވެ.

 

އެގޮތުން ހައިޑްރޮފޯނިކްސް އާއި ޝީލްޑިންގ ޓްރޭގައި މުޑުވައް ކުރުމާއި ގަސްކާނާއާއި ފެންދޭނެ ރަނގަޅު އާދަތަކާއި ކޮމްޕޯސްޓް ހަދާނެގޮތްތައް ކިޔައިދޭނެއެވެ. އަދި ގަސްތަކަށް ދިމާވާ ކާނާ، އަދި ފަނިފަކްސާގެ މައްސަލަތައް ދެނެގަންނާނެގޮތާއި ބަލިކޮންޓްރޯލުކޮށް، ރައްކާތެރިގޮތުގައި ޕެސްޓިސައިޑް ބޭނުންކުރާނެގޮތްތައް ވެސް މި ޕްރޮގްރާމުގައި ކިޔައިދިނުމަށް ވަނީ ނިންމާފައެވެ.

 

ތިއަރީ އާއި ޕްރެކްޓިކަލް ބައިތައް ވެސް ހިމަނައިގެން ކުރިއަށްގެންދާ މި ޕްރޮގްރާމުގައި ތިން ދަންފަޅިއަކަށް ކިޔަވައިދިނުމަށް ވަނީ ހަމަޖެހިފައެވެ. އެއީ ހެނދުނު 9 ން މެންދުރު 12 އަށާއި މެންދުރުފަހު 1:30 އިން ހަވީރު 3 އަށް އަދި ހަވީރު 4:15 އިން އިރުއޮއްސި 6 ޖަހަންދެންނެވެ.

 

މި ޕްރޮގްރާމާއި ގުޅޭ އިތުރު މައުލޫމާތު ހޯދުމަށް 7453737 އަށް ގުޅުމަށް އެދިފައިވާއިރު، https://forms.office.com/pages/responsepage. ލިންކް މެދުވެރިކޮށް ބައިވެރިވެވޭނެއެވެ.

 


  • ށ. އަތޮޅު
  • އެގްރިކަލްޗަރ މިނިސްޓްރީ
  • ކޮމެންޓް