މާލޭގެ ބާސެލޯ ނަސަންދުރައިގާ އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.
އެމްއެންޑީއެފް އިން ވިދާޅުވީ އަލިފާނުގެ ހާދިސާ ހިނގާފައިވަނީ ބާސެލޯގެ އިރުމަތީން އެއްކޮށްފައިހުރި ކުނިތަކެއްގައި ކަމަށެވެ. އަދި މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާ ކަމަށެވެ.
މައުލޫމާތު ލިބިފައިވާގޮތުގައި އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިއު ސަރވިސަސް މިހާރުވަނީ އެ އަލިފާން ނިއްވާލާފާއެވެ.