ޚަބަރު ރާއްޖެ

ފުވައްމުލަކު ސިޓީ ދަނޑިމަގު ޗަސްބިން ސަރަހައްދުގައި ރޯވި އަލިފާން ނިއްވާލައިފި

ފުވައްމުލަކު ސިޓީ ދަނޑިމަގު ޗަސްބިން ސަރަހައްދުގައި ރޯވި އަލިފާން ނިއްވާލައިފިއެވެ.

 

މި އަލިފާން ނިއްވާލީ އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ފުވައްމުލަކު ފަޔަރ ސްޓޭޝަނުގެ ފަޔަރފައިޓަރުން ހަރަކާތްތެރިވެގެންނެވެ.

 

މި ހާދިސާގެ މައުލޫމާތު މިއަދު ހަވީރު 4:25 ހާއިރު އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑަށް ލިބުމާ އެކު، އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ފުވައްމުލަކު ފަޔަރ ސްޓޭޝަނުގެ ފަޔަރފައިޓަރުން ވަނީ އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތްކޮށްފައެވެ.

 

މި މަސައްކަތުގައި ފުވައްމުލަކު ޕޯސްޓުގައި މަސައްކަތްކުރާ ސިފައިންގެ އެހީތެރިކަން ވެސް ލިބިފައިވާއިރު، ޗަސްބިން ސަރަހައްދުގައި ރޯވި އަލިފާން ނިއްވާލެވިފައި ވަނީ މިއަދު އިރުއޮއްސި 6:15 ހާއިރުއެވެ. 

 

މި ހާދިސާގައި މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ.

 


  • ފުވައްމުލައް ސިޓީ
  • އަލިފާން
  • އަލިފާނުގެ ހާދިސާ
  • އެމްއެންޑީއެފް
  • ކޮމެންޓް