ޚަބަރު ރާއްޖެ

މައިންބަފައިންނަށް ހެޔޮކޮށްހިތުމަކީ ބާއްޖަވެރިކަމުގެ ތަނޅުދަނޑި

މައިންބަފައިންނަށް ހެޔޮކޮށްހިތުމަކީ އިންސާނާގެ އުމުރުގައި މާތް ﷲ ބަރަކާތްލައްވާނޭ ކަމުގައި ހުކުރު ހުތުބާގައި ހަނދާންކޮށްދީފިއެވެ.

 

ހުތުބާގައި ބުނީ އެއީ ބާއްޖަވެރިކަމުގެ ތަނޅުދަނޑިއެއްކަމަށާއި އަދި އެއީ ސުވަރުގެއަށް ވަނުމުގެ ދޮރެއް ކަމުގައެވެ. އަދި މައިންބަފައިންގެ ހެޔޮ ދުޢާއަކީ ވަރަށް މުހިންމު ބޭނުންތެރި ހަތިޔާރެއްކަން ވެސް ހަނދާންކޮށްދީފައި ވެއެވެ.

 

މީގެއިތުރުން މަންމައާއި ބައްޕަގެ ރުހުންލިބިއްޖެ ނަމަ، އެ މީހަކަށް މެދުވެރިވާ އެތައް މުސީބާތަކުން މާތް الله އެ މީހަކު ސަލާމަތްކުރައްވާ ކަމަށާއި މިކަން މިހެން އޮތް ހިނދު، މިކަން ހަނދާންނައްތާލާ، މައިންބަފައިންނަށް ނިކަމެތިކޮށްހިތާ، އެމީހުން ހިތުގައި ޖައްސައި، ނުވަތަ އަޅާނުލައި، ދޫކޮށްފައިވަނީ ކިތައް މީހުންތޯ ވަނީ ސުވާލުކޮށްފައެވެ.

 

" ހޮސްޕިޓަލުތަކުގައްޔާއި، ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި މުސްކުޅި ބަލީގައި އެކަނިވެރި ޙާލުގައި، މަންމަ ނުވަތަ ބައްޕަ ދޫކޮށް، އުފަލުގައި އަނބިދަރީންނާއެކު އުޅެމުންދާ އިންސާނާއެވެ! މަރުގެ ވޭންވަރުގެ ތެރެއަށް ތިބާ ވެއްޓޭ ހިނދު، ތިބާއަށް ސަލާމަތްވެވޭނޭ ހަމަ އެއްވެސް ގޮތެއް ނޯންނާނެއެވެ."

 

ހުތުބާގައި ވަނީ އެ ވިސްނުން ބަދަލުކޮށް ތިބާ ކުޑަކުޑައިރު، ނިދިނަގާލާ، ތިބާގެ އުފަލާއި ހިތްހަމަޖެހުމަށްޓަކައި މަސައްކަތްކޮށް، ތިބާއަށް އުފާވެރިކަން ހޯދައިދިން ލޮބުވެތި މަންމައާއި ބައްޕައަށް އެހީތެރިވުމަށް ނަސޭހަތްތެރިވެފައެވެ. އަދި މިއަދު އެ ދެމީހުން އެވަނީ މުސްކުޅިވެ، ގައިގެ ބާރު ދެރަވެފައި ކަމަށާއި ތިބާގެ އޯގާތެރިކަމާއި އެހީތެރިކަމަށް ބޭނުންވެފައިކަން ހަނދާންކުރުމަށް ހުތުބާގައި އެދިފައި ވެއެވެ.

 


  • ހުކުރު ދުވަސް
  • ހުކުރު ޚުތުބާ
  • ކޮމެންޓް