ޚަބަރު ރާއްޖެ

ބަންޑުންޖަހާލި ލޭންޑިންގ ކްރާފްޓުން ގެއްލުނު 3 ވަނަ މީހާގެ ހަށިގަނޑު ފެނިއްޖެ

ބަންޑުންޖަހާލި ލޭންޑިންގ ކްރާފްޓުން ގެއްލުނު 3 ވަނަ މީހާގެ ހަށިގަނޑު ފެނިއްޖެއެވެ.

 

އެމްއެންޑީއެފް އިން ވިދާޅުވީ ބަންޑުން ޖަހާލާ، އަޑިއަށް ދިޔަ "އަލްމާކް-ފިޔަ" ލޭންޑިންގ ކްރާފްޓުން ގެއްލިގެން ހޯދަމުންދިޔަ ތިންވަނަ މީހާގެ ހަށިގަނޑު ފެނިފައިވާ ކަމަށެވެ. އަދި އެ ހަށިގަނޑު ފެނިފައިވަނީ މާލެ އަތޮޅު އާއިލާފުށްޓާއި ވިލާ ނޮޓިކާއާ ދެ ރަށް ދޭތެރެއިން އޮޔާދަނިކޮށް ރޭގެ ވަގުތެއްގައި ކަމަށެވެ.

 

މިއީ މާލެއިން ފުރައިގެން ރީތިރަށް ރިސޯޓު ކައިރީ އޮންނަ ކ. އެރިޔަދޫ އަށް ދަތުރުކުރަމުން ދަނިކޮށް ބަންޑުންޖަހާލި ލޭންޑިންގ ކްރާފްޓެކެވެ. އެ ހާދިސާގައި ގެއްލުނު ތިން މީހުންގެ ތެރެއިން ދެމީހުންގެ ހަށިގަނޑު އެމްއެންޑީއެފް ކޯސްޓްގާޑުގެ ޑައިވަރުން ކަނޑުގެ އަޑިން މީގެކުރީން ވަނީ ނަގާފައެވެ. އެއީ ދިވެއްސަކާއި ބިދޭސީއެކެވެ.

 

"އަލްމާކް ފިޔަ" ނަމަކަށް ކިޔާ އެ އުޅަނދު ބަންޑުން ޖަހާލިއިރު، 7 މީހުން ތިބި ކަމަށާއި އޭގެ ތެރެއިން 4 މީހުން ސަލާމަތްކުރެވިފައިވާ ކަމަށް އެމްއެންޑީއެފް އިން ކުރީންވަނީ ހާމަކުރައްވާފައެވެ.

 


  • ކަނޑުމަތީގެ ހާދިސާ
  • އެމްއެންޑީއެފް
  • ކޮމެންޓް