ޚަބަރު ރާއްޖެ

ކާރެއްގައި ރޯވި އަލިފާން ނިއްވާލައިފި

ކާރެއްގައި ރޯވި އަލިފާން ނިއްވާލައިފިއެވެ.

 

އެމްއެންޑީއެފް އިން ވިދާޅުވީ ރޯވީ ހުޅުމާލެ އަމިން އެވެނިއު ކައިރިން ދުއްވާފައިދިޔަ ކާރެއްގައި ކަމަށެވެ. އަދި ރޯވި އަލިފާން، އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް، ހުޅުމާލޭ ފަޔަރ ސްޓޭޝަންގެ ފަޔަރ ފައިޓަރުން ހަރަކާތްތެރިވެ ނިއްވާލާފައިވާ ކަމަށެވެ.

 

މި ހާދިސާގެ މައުލޫމާތު ރޭ 10:48 ހާއިރު އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް، ހުޅުމާލޭ ފަޔަރ ސްޓޭޝަނަށް ލިބުމާ އެކު އެ ފަޔަރ ސްޓޭޝަނުގެ ފަޔަރފައިޓަރުން ވަނީ އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ކޮށްފައިކަން ފާހަގަކުރައްވައެވެ. އަދި އަލިފާންގަނޑު ނިއްވާލެވުނީ 22:18 ގައި ކަމަށް އެމްއެންޑީއެެފް އިން ވިދާޅުވެއެވެ.

 

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވިކަމުގެ މައުލޫމާތެއް ލިބިފައި ނުވާ ކަމަށް ވެސް އެ އިދާރާ އިން ހާމަކުރައްވައެވެ.

 

 


  • އަލިފާން
  • އަލިފާނުގެ ހާދިސާ
  • އެމްއެންޑީއެފް
  • ކޮމެންޓް