ޚަބަރު ރާއްޖެ

އިސްލާމް ދީން ހިމާޔަތްކޮށް ރައްކާތެރިކުރުމަކީ އަހަރުމެންގެ ވާޖިބެއް

އިންސާނުންނަށްޓަކައި މާތް ހިޔާރުކުރެއްވި ދީން ހިމާޔަތްކޮށް ރައްކާތެރިކުރުމަކީ އަހަރެމެންގެ ވާޖިބެއްކަން މިއަދުގެ ހުކުރު ހުތުބާގައި ހަނދާންކޮށްދީފިއެވެ.

 

ހުތުބާގައި ބުނީ އަންނާން އޮތް ޖީލުތަކަށް މި ދީނުގެ ސައްހަ އަގީދާ ފޯރުކޮށްދޭން ޖެހޭ ކަމަށާއި ޣައިރުދީންތަކުގެ މީހުން ކެނޑިނޭޅި މަސައްކަތްކުރަނީ މުސްލިމުން ބައިބައިކުރުމަށް ކަމަށެވެ.

 

މީގެއިތުރުން އިސްލާމް ދީނާ މެދު އެކި ކަހަލަ ޝައްކުތައް އުފައްދާ މި އުންމަތް ނިކަމެތިކޮށް، މުސްލިމުންގެ ވަހުދަތު ނަގައިާ އިސްލާމްދީނާ މީސްތަކުން ބީރައްޓެހިކުރުމަށް ވެސް އެބައިމީހުން މަސައްކަތްކުރާކަން ވަނީ ހަނދާންކޮށްދީފައެެވެ.

 

އިސްލާމްކަމަކީ تَعَالَىއަށް ފުރިހަމަ ގޮތުގައި ބޯލަނބައި ކިޔަމަންވުމެވެ. އަދި އެކަލާނގެ އަމުރުފުޅުތަކަށް ފުރިހަމަ ގޮތުގައި ރައްކާތެރިވެ، ކިޔަމަންގަތުމާއި، ނަހީކުރައްވައިފައިވާ ކަންކަމުން ދުރުހެލިވުމެވެ. އަދި ޝިރުކުކުރުމާއި އޭގެ އަހުލުވެރީންގެ ކިބައިން ބަރީއަވުމެވެ."

 

މީގެއިތުރުން އަހަރެމެންގެ ދީނީ ޝަހުސިއްޔަތު ދެމެހެއްޓުމަކީ ދީނީ ޝިއާރެއް ކަމަށާއި އިސްލާމްދީނުގެ އަހުލުވެރީން ޣައިރުދީންތަކުގެ މީހުންނާ އެއްގޮތްވެގެން ނުވާނެކަމަށް ވެސް ބުނެފައި ވެއެވެ. އަދި އެމީހުންގެ ދީނީ އިހުތިފާލުތަކުގައި ބައިވެރިވުމާއި އެ މީހުންގެ އަޅުކަންތަކުގައި ބައިވެރިވެ އުޅުމަކީ އިސްލާމީވަންތަކަން ގެއްލި، ދީނީ ޝަހުސިއްޔަތު ހަލާކުވެދާނެ ކަންކަން ކަމުގައި ވެސް "ދީން ރައްކާތެރިކުރުން" މި މައުޟޫއަށް ތައްޔާރުކޮށްފައިވާ ހުތުބާގައި ބުންޏެވެ.

 

 

 

 

 

 


  • ހުކުރު ދުވަސް
  • ހުކުރު ޚުތުބާ
  • ކޮމެންޓް