ޚަބަރު ރާއްޖެ

ދިވެހި ބިންތަކަކީ މުޑުވައްކުރަން ރަނގަޅު ބިންތަކެއްކަން ކާބަފައިން ވަނީ ސާބިތުކޮށްދީފަ: ރައީސް

ދިވެހި ބިންތަކަކީ މުޑުވައްކުރަން ރަނގަޅު ބިންތަކެއްކަން ކާބަފައިން ވަނީ ސާބިތުކޮށްދީފައި ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

 

އެމަނިކުފާނު މިފަދައިން ވިދާޅުވީ ގައުމީ ދަނޑުވެރިންގެ ދުވަހާއި ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

 

އެ ޕޯސްޓުގައި ރައީސް ވިދާޅުވީ ދިވެހި ބިންތަކަކީ ފައިދާހުރި މޭވާއާއި، ތަރުކާރީ އަދި ގޮވާމާއި ފަލަމަޑި ލިބޭ، މުޑުވައްކުރަން ރަނގަޅު ބިންތަކެއްކަން ކާބަފައިން ސާބިތުކޮށްދީފައިވާ ކަމަށެވެ. އަދި ރާއްޖޭގައި ގައުމަށް ފުދޭވަރަށް، ފުޑް ސެކިޔުރިޓީ ގާއިމު ކުރެވޭ ވަރަށް، ދަނޑުވެރިކަން ފުޅާކުރެވޭނެކަމުގެ އުންމީދު އެބައޮތްކަމަށް ވެސް ވަނީ ވިދާޅުވެފައެވެ.

 

އޮކްޓޯބަރ މަހުގެ 15 ވަނަ ދުވަހަކީ ދަނޑުވެރިކަމުގެ ދުވަސް ކަމަށް ސަރުކާރުން ކަނޑައެޅީ 2020 ވަނަ އަހަރު އެވެ. ކޮންމެ އަހަރެއްގެ އޮކްޓޫބަރުމަހުގެ 15 ވަނަ ދުވަހަކީ ގައުމީ ފެންވަރުގައި ފާހަގަކުރާ ދަނޑުވެރިންގެ ދުވަހުގެ ގޮތުގައި ވަނީ ހަމަޖައްސާފައެވެ.

 


  • ދަނޑުވެރިކަން
  • ރައީސް ޑރ. މުޙައްމަދު މުޢިއްޒު
  • ކޮމެންޓް