ފުވައްމުލައް ސިޓީގައި އިމާމުންނާއި ޒުވާން ހަތީބުން ތާޒާކުރުމުގެ ޕްރޮގްރާމެއް ފަށައިފިއެވެ.
އިސްލާމިކް މިނިސްޓްރީން މައުލޫމާތުދެއްވާގޮތުގައި މި ޕްރޮގްރާމްގައި 42 ފަރާތަކުން ވަނީ ބައިވެރިވެފައެވެ.
މިއީ ޤުރްއާނާއި ތަޖުވީދުގެ އިލްމާއި، ތަފްސީރާއި، ފިޤުހާއި، ޙަދީޘާއި، އަޤީދާގެ ޢިލްމުގެ ދާއިރާއިން އިމާމަކަށް ބޭނުންވާ މުހިއްމު ޢިލްމީ ކަންކަން އުނގަންނައިދިނުމަށް ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. އަދި މިއީ މިސްކިތްތައް ބެލެހެއްޓުމުގެ ގޮތުން އަދާކުރަންޖެހޭ މަސްއޫލިއްޔަތު އަދާކުރެވޭނެ ވަރަށް މި ޕްރޮގުރާމުގެ ތެރެއިން އިމާމުންގެ ޝަހްސިއްޔަތު ބިނާ ކުރެވޭ ގޮތަށް ފަރުމާކޮށްފައިވާ ޕްރޮގްރާމެކެވެ.
އިމާމުން ތަމްރީން ކުރުމާއި އިތުރު ތަމްރީންގެ ފުރުސަތުތައް ހޯދައިދިނުމަކީ ވަރަށް އިސްކަމެއް ދީގެން ކުރަމުން އަންނަ މަސައްކަތެކެވެ.