ޚަބަރު ރާއްޖެ

"ފެހި ދިރުން އެސްޕޯ" މާދަމާ ހަވީރު

ގައުމީ ދަނޑުވެރިންގެ ދުވަހާއި ދުނިޔޭގެ ކާބޯތަކެތީގެ ދުވަސް އަދި ޖަނަވާރުންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ބާއްވާ "ފެހި ދިރުން އެސްޕޯ" މާދަމާ ހަވީރު އޮންނާނެއެވެ.

 

ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާ އިން ބާއްވާ މި އެކްސްޕޯ އޮންނާނީ މާދަމާ ހަވީރު 4 ޖަހާއިރު، ހުޅުމާލޭ ފޭސް2 ގެ ރުއްގަނޑު 3 ގައެވެ.

 

މި އެސްޕޯގައިދަނޑުވެރިކަމުގެ ދާއިރާއާއި ގުޅުންހުރި ސްޓޯލްތަކާއި ދިރޭތަކެއްޗާއި ގުޅުންހުރި ސްޓޯލްތަކާއި ނަފްސާނީ އެހީތެރިކަން ފޯރުކޮށްދޭ ޖަމިއްޔާތަކާއި ނުކުޅެދުންތެރިކަންހުންނަ ފަރާތްތަކުގެ ޖަމިއްޔާތަކުން ބައިވެރިވެ، ސްޓޯލުތައް ހެދުމަށް ވަނީ ނިންމާފައެވެ. އަދި ދޫނި ކާނާ އާއި ދޫނީގެ ވިޔަފާރި ކުރާ ފަރާތްތަކާއި އާޓް ކްރާފްޓްގެ މަސައްތަކުގެ ސްޓޯލްތަކާއި، ރާއްޖޭގައި ހައްދާ ތަކެތިން އުފައްދާ ތަފާތު ވައްތަރުގެ ފިނި ބުއިންތަކާއި ކާބޯތަކެތި ވިއްކާ ސްޓޯލްތައް ވެސް ހިމެނޭނެކަމަށް މިނިސްޓްރީން މައުލޫމާތު ދެއްވައެވެ.

 

މީގެއިތުރުން ކުޑަކުދިންނާއި ގުޅޭ ސްޓޯލްތަކުން ތަފާތު ކުޅިވަރުތައް ކުޅެ، ހަދިޔާ ހޯދުމުގެ ފުރުސަތު ވެސް އޮންނާނެކަމަށް ވިދާޅުވެއެވެ. އަދި އެ މިނިސްޓްރީން އާންމުކޮށް ފޯރުކޮށްދޭ ހިދުމަތްތަކާއި ބެހޭ މައުލޫމާތު ހޯދާލުމުގެ ފުރުސަތުތާއި ފޮޓޯ ޝެޝަންތަކާއި ދިރޭތަކެއްޗާއި ގުޅޭ ކުއިޒެއް ވެސް ކުރިއަށްދާނެ ކަމަށް ހާމަކުރައްވައެވެ.

 

 


  • އެގްރިކަލްޗަރ މިނިސްޓްރީ
  • ކޮމެންޓް