ޚަބަރު ބޭރުދުނިޔެ

'ކިންގ ސަލްމާން ގޭޓް' ގެ ނަމުގައި ހަރަމްފުޅު ކައިރީ ބޮޑު ސަރަހައްދެއް ތަރައްގީކުރަނީ

މަސްޖިދުލް ޙަރަމް - ފޮޓޯ: ކުޑޭ

'ކިންގ ސަލްމާން ގޭޓް' ގެ ނަމުގައި ހަރަމްފުޅު ކައިރީ ބޮޑު ސަރަހައްދެއް ތަރައްގީކުރުމުގެ މަސައްކަތް ފަށައިފިއެވެ.

 

ސައުދީގެ ނޫސްތަކުން ރިޕޯޓުކޮށްފައިވާގޮތުގައި މި މަސައްކަތް ފައްޓަވާދެއްވާފައިވަނީ މި މަހުގެ 15 ވަނަ ދުވަހު، ވަލީ ޢަހްދު މުޙައްމަދު ބިން ސަލްމާންއެވެ.

 

މަސްޖިދުލް ޙަރަމްއާ އިންވެގެން ނުވަ ލައްކަ މީހުންނަށް އަޅުކަންކުރެވޭވަރުގެ މި ސަރަހައްދު ތަރައްގީކޮށްނިމޭއިރު، ނަމާދު ކުރާނެ ޖާގަ އިތުރުވެ، އިމާރާތުގެ އެތެރޭގައާއި ބޭރުގައި ވެސް އަޅުކަން ކުރެވޭނެ ޖާގަތައް ތަނަވަސްވާނެއެވެ. 12 މިލިޔަން އަކަ މީޓަރުގެ މި ސަރަހައްދުގައި ކުރިއަށްގެންދާ މި މަޝްރޫއުގެ އަގާއި މަސައްކަތް ނިންމާ ބޭނުންކުރަންފެށޭނެ ތާރީހެއް ސައޫދީން ހާމައެއް ނުކުރެއެވެ.

 

މުސްލިމުންގެ އެންމެ މާތް އަދި މުޤައްދަސް މިސްކިތް މަސްޖިދުމް ޙަރާމްއަކީ ދުނިޔޭގެ އެންމެ ބޮޑު މިސްކިތެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުން އަހަރަކު އެތައް މިލިޔަން މީހުން އަޅުކަން ކުރުމަށް އެ މިސްކިތަށް ޒިޔާރަތް ކުރެއެވެ.

 

ސައޫދީ ސަރުކާރުން މި މަސައްކަތް ފަށާފައިވާއިރު، ވިޝަން 2030 ގެ ނަމުގައި ހާއްސަ މަސައްކަތްތަކެއް ވެސް ފަށައިގެން ކުރިއަށްގެންދެއެވެ. އަދި އެ ގައުމުން ތެލުގެ ވިޔަފާރިއަށް ބަރޯސާވާ ބަރޯސާވުން ކުޑަކޮށް، އެހެން ދާއިރާތައް ކުރިއަރުވާ، ބޮޑެތި އިގުތިސާދީ ބަދަލުތައް ގެނައުމަށް ވެސް ދަނީ މަސައްކަތް ކުރަމުންނެވެ.

 

އެގައުމުގެ މުހާރުގެ އަމާޒަކީ 2030 ވަނަ އަހަރުގެ ކުރިން ޙައްޖާއި އުމްރާގެ އަޅުކަމަށް އެ ގައުމަށް އަހަރަކު 30 މިލިޔަން މީހުން ޒިޔާރަތް ކުރުމެވެ. 2019 ވަނަ އަހަރު ޙައްޖާއި އުމްރާއިން އެގައުމަށް 12 ބިލިޔަން އެމެރިކާ ޑޮލަރު ލިބިފައިވެއެވެ.

 


  • ސައުދީ އަރަބިއާ
  • ކޮމެންޓް