ޚަބަރު ރާއްޖެ

ޕޯޓް ސެކިޔުރިޓީ ޓްރެއިނިންގ ހިންގައިފި

މޯލްޑިވްސް ޕޯޓްސް ލިމިޓެޑުގެ މުވައްޒަފުންނަށް އަމާޒުކޮށްގެން "ސެޓިފިކެޓް ލެވެލް 1 އިން ޕޯޓް ސެކިޔުރިޓީ ޓްރެއިނިންގ" ހިންގައިފިއެވެ.

 

އެމްއެންޑީއެފް ކޯސްޓްގާޑް ޓްރެއިނިންގ ސްކޫލުން ކުރިއަށްގެންދިޔަ މި ތަމްރީނު ޕްރޮގްރާމް ނިންމުމުގެ ގޮތުން ބަންޑާރަކޮށީ އޮޑިޓޯރިއަމްގައި މިއަދު ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން، ކެޕްޓަން ޢަބްދުއްލަޠީފް މުޙައްމަދެވެ. 

 

ސެޕްޓެންބަރު 15 އިން ފެށިގެން އޮކްޓޫބަރު 19 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދިޔަ މި ކޯސް، އެމްޕީއެލްގެ 29 މުވައްޒަފަކު ވަނީ ފުރިހަމަކޮށްފައެވެ. މި ކޯހުގައި ބައިވެރިންނަށް އުނގަންނައިދިން ބައިތަކުގެ ތެރޭގައި ފަޔަރ ސޭފްޓީ އެންޑް އިމަޖެންސީ މެނޭޖްމަންޓް، ސެލްފް ޑިފެންސް އެންޑް ރެސްޓްރެއިންޓް ޓެކްނީކްސް، އިންޓަރނޭޝަނަލް ޝިޕް އެންޑް ޕޯޓް ފެސިލިޓީޒް ސެކިޔުރިޓީ (އައިއެސްޕީއެސް) ކޯޑް، ސޭފްޓީ އިން ވޯކިންގ އެންވަޔަރަމަންޓް، ފަސްޓް އެއިޑް، ފިޒިކަލް ޓްރެއިނިންގ އެންޑް ވޯޓަރމަންޝިޕް، ކޮމިއުނިކޭޝަން، ސެކިޔުރިޓީ ޓެކްނީކްސް އެންޑް ޕްރޮސީޖަރސް އަދި އެޓިޓިއުޑް ހިމެނެއެވެ.

 

 

 

މިއީ ސީ ޕޯޓް ސެކިޔުރިޓީގައި މަސައްކަތްކުރައްވާ ފަރާތްތަކަށް ބޭނުންވާ ހުނަރާއި އިލްމު އުނގަންނައިދީ ޕްރައިވެޓް ސެކްޓަރގައި ހަރުދަނާ ސެކިޔުރިޓީ އޮފިސަރުން އުފެއްދުމުގެ މަގުސަދުގައި ކުރިއަށްގެންދާ ތަމްރީނު ޕްރޮގްރާމެކެވެ. މި ކޯހުގައި ކިޔަވައިދިނީ އެމްއެންޑީއެފް ކޯސްޓްގާޑުގެ އެކި ދާއިރާތަކުގެ ސިފައިންނެވެ.

 

މި ތަމްރީނު ޕްރޮގްރާމް ނިންމުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި އެމްއެންޑީއެފް ކޯސްޓްގާޑުގެ ކޮމަޑާންޓް، ބްރިގޭޑިއަރ ޖެނެރަލް މުޙައްމަދު ސަލީމާއި، އެމްއެންޑީއެފް ކޯސްޓްގާޑުގެ ޕްރިންސިޕަލް ޑައިރެކްޓަރ، ކާނަލް މުޙައްމަދު ރިޒްމީ ވަލީދާއި، އެމްޕީއެލްގެ ޗީފް އެގްޒެކެޓިވް އޮފިސަރ، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް (ރިޓަޔަރޑް) މުޙައްމަދު ރިޝްވާންއާއި، ބައެއް މުއައްސަސާތަކުގެ އިސްވެރިން ބައިވެރިވެލެއްވިއެވެ.

 

 


  • އެމްޕީއެލް
  • އެމްއެންޑީއެފް
  • ކޮމެންޓް