ޚަބަރު ކުޅިވަރު

ބީއެމްއެލް އިންޓަރ ސްކޫލު ފެތުމުގެ މުބާރާތް ނިމިއްޖެ

21 ވަނަ ބީއެމްއެލް އިންޓަރ ސްކޫލް ސްވިމިންގ މުބާރާތް ނިމިއްޖެއެވެ.

 

ހުޅުމާލޭ މިނީ ސްޕޯޓްސް ކޮމްޕްލެސް ސްވިމިން ޕޫލްގައި މި މުބާރާތް ކުރިއަށް ދިޔައީ ހަ ދުވަހުގެ މުއްދަތަށެވެ. މި އަހަރުގެ މުބާރާތުގައި 18 ސްކޫލަކުން ވާދަކޮށްފައިވާއިރު، 12 އަހަރާއި 18 އަހަރާ ދެމެދުގެ 365 ދަރިވަރުން ވާދަކޮށްފައިވާކަމަށް މައުލޫމާތު ލިބެއެވެ. މި އެތްލީޓުން ވާދަކޮށްފައިވަނީ ފްރީސްޓައިލު، ބެކްސްޓުރޯކު، ބްރެސްޓުސްޓުރޯކު އަދި ބަޓަރފްލައި އިވެންޓުތަކުގައެވެ.

 

 

 

 

މުބާރާތުން ވަނަ ހޯދި ފަރާތްތަކަށް އެވޯޑު ހަވާލުކުރުމަށް މިއަދު ވަނީ ރަސްމިއްޔާތެއް ބާއްވާފައެވެ.

 

2016 ވަނަ އަހަރުން ފެށިގެން ސްވިމިންގ އެސޯސިއޭޝަނާއެކު އެކްސްކްލޫސިވް ޕާޓްނަރޝިޕެއް ގާއިމުކޮށް، އެ ކުޅިވަރު ތަރައްގީކުރުމުގެ ބައިވެރިއެއްގެ ގޮތުގައި ބޭންކް އޮފް މޯލްޑިވްސް އިން އަންނަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

 


  • ބީއެމްއެލް
  • ސްވިމިންގ އެސޯސިއޭޝަން
  • ކޮމެންޓް