ޚަބަރު ރާއްޖެ

މީޑިއާ ކޮމިޝަނަށް 3 މެމްބަރުން އައްޔަންކޮށްފި

މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަންގެ މެންބަރުކަމަށް ތިން ބޭފުޅަކު މިއަދު އައްޔަންކުރައްވައިފިއެވެ.

 

މިއީ މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަންގެ ގާނޫނުގެ 17 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގައި ބަޔާންކުރާ ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ ފަރާތެއްގެ ހައިސިއްޔަތުން، އެ ގާނޫނުގެ 20 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުގެމަތީން އައްޔަންކުރެއްވި މެމްބަރުންނެވެ.

 

އެގޮތުން ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ 3 މެންބަރުންގެ ގޮތުގައި ހަމަޖެއްސެވީ ހ. ޓޫހާރޓްސް، މުޙައްމަދު ފަރުޞަތާއި ދ. މީދޫ، ބިއްލޫރިވިލާ، ޞަފާ ޝަފީޤާއި ގ. ގޮފި، އަލްއުސްތާޛާ އާމިނަތު ޞަރާޙަތު ޢިއްޒަތެވެ.

 

މި ކޮމިޝަން އެކުލެވިގެންވަނީ 7 މެންބަރުންގެ މައްޗަށެވެ. އެއީ ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ 3 މެންބަރުންނާއި މީޑިއާތަކުން އިންތިހާބުކުރާ 4 މެންބަރުންނެވެ.

 

މީޑިއާތަކުން އިންތިހާބުކުރި 4 މެންބަރުން އެ ކޮމިޝަނުގެ މެންބަރުކަމަށް 13 އޮކްޓޯބަރ ގައި ވަނީ ހަމަޖައްސަވާފައެވެ. އެއީ ބްރޯޑްކާސްޓަރުން ތަމްސީލުކުރާ 2 މެންބަރުންނާއި އެހެން މީޑިއާތައް ތަމްސީލުކުރާ 2 މެންބަރުންނެވެ.

 

އެގޮތުން ބްރޯޑްކާސްޓަރުން ތަމްސީލުކުރާ 2 މެންބަރުންގެ ގޮތުގައި ހަމަޖެއްސެވީ ށ. ފޭދޫ މޫނިމާގެ، ޢަބްދުލްޢަޒީޒް އިބްރާހީމާއި ގދ. ތިނަދޫ، މަލަ، ޒަމްޢަތު އަޙްމަދު ވަޙީދެވެ. އެހެން މީޑިއާތައް ތަމްސީލުކުރާ 2 މެންބަރުންގެ ގޮތުގައި ހަމަޖެއްސެވީ ގދ. ރަތަފަންދޫ، ވެލީގެ، ސިމާޙާ ނަސީމާއި ހދ. ވައިކަރަދޫ، ހިސާން، ޙުސައިން ޘަޤީފްއެވެ.

 


  • އެމްއެމްބީސީ
  • ރައީސް އޮފީސް
  • ބްރޯޑްކޮމް
  • އެމްއެމްސީ
  • ރައީސް ޑރ. މުޙައްމަދު މުޢިއްޒު
  • ރައްޔިތުންގެ މަޖިލިސް
  • ކޮމެންޓް