ޚަބަރު ރާއްޖެ

ފޮނަދޫގައި އައްސޭރި ޓޫރިޒަމް އަދި އިކޯ ޓޫރިޒަމް ކުރިއަރުވަނީ

ހައްދުންމަތީ ފޮނަދޫގައި އައްސޭރި ޓޫރިޒަމް އަދި އިކޯ ޓޫރިޒަމް ކުރިއެރުވުމަށް މަސައްކަތް ކުރިއަށްދާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

 

އެމަނިކުފާނު މިފަދައިން ވިދާޅުވީ އެރަށު ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ.

 

މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ އެމަނިކުފާނު ވައުދުވެވަޑައިގެންފައިވާ 500 ހައުސިންގ ޔުނިޓުގެ ތެރެއިން 100 ހައުސިންގ ޔުނިޓުގެ މަސައްކަތް ބަޔަކާއި ހަވާލުކުރެއްވުމުގެ ކަންކަން ވެސް ކުރިއަށްދާ ކަމަށެވެ.

 

މީގެއިތުރުން އެރަށުގައި ސައުދީ ފަންޑުގެ ދަށުން 50 އެނދުގެ ހޮސްޕިޓަލެއް އެޅުމަށް ނިންމަވާފައިވާކަން ވެސް ހާމަކުރެއްވިއެވެ. އަދި އިގުތިސާދީ މުހިންމު މަޝްރޫއެއް ކަމަށްވާ ބަންކަރިންގެ ހިދުމަތް ދިނުމަށް ބޭނުންވާ ޓްރާންސްޝިޕްމެންޓް ބަނދަރު ހެދުމުގެ މަސައްކަތް މިހާރު އޮތީ އެމްޕީއެލް އިން ބަޔަކާއި ހަވާކުކުރުމުގެ މަރުހަލާގައި ކަމަށް ރައީސް ވިދާޅުވިއެވެ.

 

ރައީސް ޑރ. މުޢިއްޒު ވަނީ ރާއްޖޭގެ އިގުތިސާދު ހަރުދަނާކުރެއްވުމަށް ކުރައްވަމުން ގެންދަވާ މަސައްކަތުގެ ދަށުން، 'ފުނިޖެހިފައިވާ' އެތައް ބިލުތަކަކަށް ފައިސާ ދެއްކެވުމުގެ ކަންކަން، ކުރިއަށް ގެންދަވާނީ އެމަނިކުފާނު ވައުދުވެވަޑައިގެންފައިވާ ގޮތަށް ފައިސާ ޗާޕުނުކުރައްވާކަން ތަކުރާރު ކުރައްވާ، އެކަމުގެ ޔަގީންކަން ވަނީ ދެއްވާފައެވެ.

 


  • ހައްދުންމަތި
  • ރައީސް ޑރ. މުޙައްމަދު މުޢިއްޒު
  • ކޮމެންޓް