ރާއްޖެ ވިޔަފާރި

ތޮއްޑޫގައި ނިޔަމި ކޯހެއް މި މަހު ބާއްވަނީ

އއ. ތޮއްޑޫގައި ނިޔަމި ކޯހެއް މި މަހު ބާއްވަން ނިންމައިފިއެވެ.

 

'އޮއިވަރު' އަށް މައުލޫމާތު ދެއްވަމުން މިކަމުގައި އިސްކޮށް ހަރަކާތްތެރިވާ ފަރާތެއް ވިދާޅުވީ މިއީ މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ނޯޓިކަލް ސައިންސަސް އާއި ތޮއްޑޫ ރައިޑް ގުޅިގެން ހިންގާ ކޯހެއް ކަމަށެވެ. އަދި ކޯސް އޮންނާނީ މި މަހުގެ 24 ން 26 އަށް ކަމަށެވެ.

 

ނިޔަމި ސެޓްފިކެޓް 2 ގެ މި ކޯހުގައި ބައިވެރިކުރަނީ 35 މީހުން ކަމަށާއި އުމުރުން 18 އަހަރުންމަތީގެ ކޮންމެ މީހަކަށް ވެސް ބައިވެރިވެވޭނެ ކަަމަށް އެފަރާތުން ވިދާޅުވިއެވެ. އަދި ތިން ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި ކޯހުގައި ބައިވެރިވުމަށް 9974886 އަށް ފުރިހަމަ ނަމާއި އެޑްރެސް އަދި ވައިބަރ ނަމްބަރު މެސެޖު ކުރުމަށް ވަނީ އެދިފައެވެ.

 

ރަށުގައި ތިބެގެން ނިޔަމި ކޯސް ހެދުމަށް ޝައުގުވެރިވާ ފަރާތްތަކުން މިކަމުގެ އިތުރު މައުލޫމާތު ހޯދުމަށް [email protected]  އަށް އީމެއިލް ކުރުމުން ވެސް އެ މައުލޫމާތު ސާފުކޮށްދޭނެއެވެ.

 


  • ތޮއްޑޫ
  • ކޮމެންޓް