އއ. ތޮއްޑޫ ބަނދަރު ސަރަހައްދު ސާފުކުރުމުގެ ހަރަކާތެއް މިއަދު ހަވީރު އޮންނާނެއެވެ.
އެރަށު ހޯޕް ޖަމްއިއްޔާ އިން އިސްނަގައިގެން ގިނަ ފަރާތްތަކެއްގެ އެހީތެރިކަމާއެކު ބާއްވާ މި ހަރަކާތް އޮންނާނީ މިއަދު ހަވީރު 4:30 ން 5:30 އަށެވެ. މި ހަރަކާތުގައި އެރަށުގެ ސަރުކާރުގެ މުއައްސަސާތަކުންނާއި ސަރުކާތު ހިއްސާވާ ކުންފުނިތަކާއި އެކި ކުލަބު ޖަމްއިއްޔާތަކުން ބައިވެރިވުމަށް ވަނީ ނިންމާފައެވެ.
މި ސަރަހައްދަކީ މިއަހަރުގެ ކުޑަކުދިންގެ ދުވަސް ފާހަގަކުރުމަށް ހަމަޖެހިފައިވާ ސަރަހައްދުކަަމަށްވާއިރު، ސާފުކުރުމުގެ މި ހަރަކާތުގައި ވީހާވެސް ގިނަ މީހުން ބައިވެރިވުމަށް ހޯޕް ޖަމްއިއްޔާ އިން ވަނީ އެދިފައެވެ.
ތޮއްޑު އަކީ ދަނޑުވެރިކަމުގައި ވެސް ރާއްޖޭގެ އެންމެފާހަގަކޮށްލެވޭ ރަށަށްވާއިރު، ލޯކަލް ޓޫރިޒަމްގައި ވެސް އެރަށުން އަންނަނީ ކުރިއެރުންތަކެއް ހޯދަމުންނެވެ. މާލެއާ 67 ކިލޯމީޓަރު ދުރުގައި އޮންނަ ތޮއްޑޫގެ އާބާދީއަކީ ގާތްގަޑަކަށް 1534 މީހުންނެވެ.