ތޮއްޑޫގައި ޓޫރިސްޓް ހިދުމަތްދޭ ތަންތަނުގެ އިންސްޕެކްޝަނެއް

އއ. ތޮއްޑޫގައި ޓޫރިސްޓް ހިދުމަތްދޭ ތަންތަނުގެ ސަލާމަތީ ކަންކަން ކަށަވަރުކުރުމަށް އިންސްޕެކްޝަން ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ.

 

މިމަހުގެ 5 އިން 7އަށް އެއަރޕޯޓް އެންޑް ޓޫރިސްޓް ޕޮލިހާއި، އއ. އަތޮޅު ޕޮލިސް ގުޅިގެން ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގައި 38 ގެސްޓް ހައުސްއަށް ޒިޔާރަތްކޮށް، އެ ތަންތަނުގެ ސަލާމަތީ ކަންކަން ހުރިނެތްގޮތް ބަލާފައިވެއެވެ. އަދި ސަލާމަތީ މިންގަނޑަށް ނުފެތޭ ކަމަށް ފާހަގަކުރެވުނު ކަންކަން ރަނގަޅުކުރުމަށް އިރުޝާދު ދީފައިވެއެވެ. މި ފްރޮގްރާމަށް ތޮއްޑޫ ގެސްޓްހައުސް ތަކުން ވަރަށްބޮޑު ތަރުހީބެއް ލިބިފައިވެއެވެ.

 

މި ޕްރޮގްރާމުގެ ތެރެއިން ތޮއްޑޫ ކައުންސިލާ ބައްދަލުކޮށް، ފަތުރުވެރިކަމާ ގުޅުންހުރި ކަންކަމާ ގުޅޭގޮތުން މަޝްވަރާކޮށްފައިވެއެވެ. އަދި ތޮއްޑޫގެ މޫދަށްއެރޭ ސަރަހައްދުތަކުގައި ފަތުރުވެރިންނަށް ހާއްސަކޮށްގެން މުހިންމު މައުލޫމާތު ހިމަނައިގެން ބީޗް ބޯޑުތައް ޖެހުމާ ގުޅޭގޮތުން ވެސް މަޝްވަރާކޮށްފައިވެއެވެ.

 

މި ބައްދަލުވުމުގައި، ޓޫރިސްޓް ފެސިލިޓީތަކުގެ އިންސްޕެކްޝަން ޕްރޮގްރާމަކީ ތޮއްޑޫއަށް ވަރަށް މުހިންމު ބޭނުންތެރި ޕްރޮގްރާމެއް ކަމަށާއި ޓޫރިސްޓު ޕޮލިސްގެ އެހީތެރިކަން ތޮއްޑޫއަށް ވަރަށް މުހިންމުކަން ކައުންސިލުން ފާހަގަކޮށްފައިވެއެވެ.

 


  • ތޮއްޑޫ
  • ދިވެހި ފުލުހުންގެ ޚިދުމަތް
  • ކޮމެންޓް