ފިފާގެ ރައީސް ރާއްޖެ ވަޑައިގަންނަވަނީ

ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާގެ ރައީސް ޖިއާނީ އިންފަންޓީނޯ ރާއްޖެ ވަޑައިގަންނަވާގޮތަށް ހަމަޖެހިއްޖެއެވެ.

 

އިތުބާރުހުރި ބައެއް މަސްދަރުތަކުން ހާމަކުރާގޮތުގައި އެމަނިކުފާނު ރާއްޖެ ވަޑައިގަންނަވާނީ އަންނަ ހުކުރު ދުވަހުއެވެ. އަދި މިއީ އެއްދުވަހުގެ ދަތުރުފުޅެކެވެ.

 

މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އާ ވެސް ބައްދަލުކުރައްވާގޮތަށް ހަމަޖެހިފައިވާކަމަށް މައުލޫމާތު ލިބިފައިވީނަމަވެސް ގުޅުންހުރި އެއްވެސް އިދާރާއަކުން މިކަން ކަށަވަރުކޮށްދެއްވާފައެއް އަދިނުވެއެވެ.

 

މިއީ ފީފާގެ ރައީސަކު ރާއްޖެ ވަޑައިގަންނަވާ ދެވަނަ ފަހަރުކަމުގައިވާއިރު، ފިފާގެ ރައީސްގެ މަގާމުގައި މީގެކުރިން ހުންނެވި ސެޕް ބެލްޓަރ ވަނީ ރާއްޖެ ވަޑައިގެންފައެވެ. އެއީ ސުނާމީގައި ގެއްލުން ލިބުނު ގައުމުތަކަށް ކުރެއްވި ދަތުރެއްގެ ތެރެއިން 2006 ގައި ދެ ދުވަހަށެވެ.

 


  • ފިފާ
  • އެފްއޭއެމް
  • ކޮމެންޓް