ބޮލީވުޑްގެ ލެޖެންޑަރީ އެކްޓަރ ދަރުމެންދުރާގެ ހަނދާނުގައި މިއުޒިއަމެއް ހެދުމުގެ މަސައްކަތްކުރަމުން އަންނަކަމުގައި މީޑިއާ ރިޕޯޓުތައް ބުނެފިއެވެ.
މިކަން ހާމަކޮށްފައިވަނީ ދަރޭގެ އަންހެނުން ހެމާ މާލިނީ އާ ހަވާލާދީ 'ދަ އިންޑިއަން އެކްސްޕްރެސް' ނޫހުގައެވެ.
އެ ނޫހުގައި ބުނެފައިވަނީ މިދިޔަ ނޮވެންބަރު މަހު މަރުވި އިންޑިއާގެ ލެޖެންޑަރީ އެކްޓަރު ދަރުމެންދްރަ (ދަރޭ) ގެ ހަނދާނުގައި ހާއްސަ މިއުޒިއަމެއް ހުޅުވުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި މި މިއުޒިއަމްގެ މަސައްކަތުގައި އިސްވެހަރަކާތްތެރިވަނީ ސަނީ ޑިއޯލް ކަމަށެވެ.
ހެމާ އަކީ ދަރޭގެ ހަގުއަނބިމީހާކަމަށްވާއިރު، ދަރޭގެ އަލަތު އަނބިމީހާ އާ އޭނާއަށް ލިބިފައިވާ 4 ކުދިންގެ ގުޅުމާ ބެހޭގޮތުން ހެމާ ބުނީ އެ އާއިލާއެކު އޮންނަ ގުޅުން ވަރަށް ރަނގަޅު ކަމަށެވެ. އަދި ދަރޭގެ ދެ އަނބިންނާއި ކުދިންނާ ދެމެދު އޮތް ގުޅުން ވަރަށް ރަނގަޅު ކަމަށާއި އެކަކު އަނެކަކު އުޅެނީ ވަރަށް އުފަލުގައި ކަމަށް ވެސް ހެމާ ބުނެފައި ވެއެވެ.
ދަރުމެންދްރަ މަރުވެފައިވަނީ އުމުރުން ދުވަސްވުމުގެ ސަބަބުން ސިއްހީ ހާލަތު ގޯސްވެ ހޮސްޕިޓަލުގައި އެނދުމަތިކޮށް ފަރުވާދިނުމަށްފަހު ގެއަށް ދޫކޮށްލިތާ މާގިނަ ދުވަސް ނުވަނީހެވެ.